މާލެ ކައިރިޔަށް ފީނަން ފޭބި ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދީގެން ފަރުވާދޭން ފަށައިފިއެވެ.
އައިޖީއެމްއެޗުން ރާއްޖޭގެ މީޑިއާއަކަށް ދީފައިވާ އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުން އުމުރުން 27 އަހަރުގެ އަންހެނަކަށް މިޔަރެއް ހަމަލާދިނުމުގެ ސަބަބުން އެ ހޮސްޕިޓަލުގެ އެމަޖެންސީ ރޫމްގައި ގެންދަނީ ފަރުވާދެމުންނެވެ.
އަނިޔާވި ފަތުރުވެރިޔާ ފީނަން ފައިބައިފައިވަނީ ކޮން ހިސާބަކަށް ކަމާއި އަދި މިޔަރު ހަމަލާދީފައިވަނީ ކިހިނެއްވެގެން ކަމެއް އަދި އެނގިފައެއް ނުވެއެވެ.
މީގެ ދެ ހަފްތާ ކުރިން މަހަށް ނިކުމެ އުޅުނު ދިވެއްސަކަށް ވެސް މިޔަރެއް ވަނީ ހަމަލާދީފައެވެ.
މި ފަހުން އައިސް މަދުން ނަމަވެސް ރާއްޖޭގައި މިފަދަ ހާދިސާތައް ދަނީ ކުރިމަތިވަމުންނެވެ.

