ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ފަސް އަހަރުތެރޭ ގައުމަށް ދިން ގެއްލުން 50 އަހަރުންވެސް ފޫނުބެއްދޭނެ ކަމަށް ޕީޕީއެމްގެ ސެނެޓަރ، އަދި ކުރީގެ ޓެކްނޮލިޖީ މިނިސްޓަރ މުހައްމަދު މަލީހް ޖަމާލު ވިދާޅުވުވެއްޖެއެވެ.
ޑިމޮކްރެޓްސް އަކީ ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރައްވާ ފަރާތްތައް ގުޅިގެން އުފައްދާ ސިޔާސީ ޕާޓީއެކެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހުގައި، އެ ޕާޓީގެ ތެރޭގައި ދެ ފެކްޝަން އުފެދި، ރައީސް ނަޝީދުގެ ފަޅީގައި ތިއްބެވި މެމްބަރުން އެންމެ ފަހުން އެމްޑީޕީ ދޫކޮށްލެއްވީއެވެ.
އެގޮތުން ރައީސް ނަޝީދުގެ ފަޅީގައި ތިއްބެވި މަޖިލީހުގެ 12 މެމްބަރަކު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައިވެއެވެ. މި މެމްބަރުން އެމްޑީޕީން ވަކިވެވަޑައުގަތުމާ ގުޅިގެން އެމްޑީޕީ އަށް ވަނީ މަޖިލީހުގެ ސުޕަ މަޖޯރިޓީ ގެއްލިފައެވެ. ރައީސް ނަޝީދު ވެސް ވަނީ މިމަހުގެ 21 ވަނަ ދުވަހު އެމްޑީޕީން ވަކިވެވަޑައިގެންފައެވެ.

