ސޯޝަލް މީޑިއާ އެކައުންޓެއްގައި އަޕްލޯޑް ކޮށްފައިވާ މި ފޮޓޯ ތަކަކީ، ވަރަށް ގިނަ މެސެޖް ތަކެއް ދީފައިވާ އަދި ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ފޮޓޯ ތަކެކެވެ.
ފޮޓޯ ތަކުން ފެންނަނީ ޒުވާން އަންހެން ކުއްޖަކު އޭނާގެ ލޯބިވެރިޔާ އެބައްޔެއްގައި ހާލު ދެރަވެ އަނަރޫފަ ވެގެން ދާއިރުވެސް ލޯބިވެރިޔާ އަށް އޯގާތެރިކަމާ ކުލުނާއިއެކު އެކުގައި އުޅޭ މަންޒަރެވެ. ކާން ދިނުމާއި އަޅާލުން ބުރަ ހިތެއް ނެތި ކޮށްދޭ މަންޒަރެވެ.

ޙަޤީޤީ ލޯތްބަކީ ދުވަހަކުވެސް ބަދަލުވާނޭ އެއްޗެއް ނޫން
ފޮޓޯ ތަކުން އޭނާ ޙިއްސާ ކޮށްފައި ވަނީ ތެދުވެރި، ވަފާތެރި ލޯބީގެ މިސާލެކެވެ. ފޮޓޯ ތަކަށް ރަނގަޅަށް ބަލައިފި ނަމަ އެއީ ލޮލުން ކަރުނަ ފާއްދާލާ ފަދަ، ވަރަށް އަސަރުގަދަ ފޮޓޯ ތަކެކެވެ.
ފޮޓޯ ތަކުން ފެންނަ ދެ މީހުންގެ ތަފްސީލު އެ ޕޯސްޓް ގައި ލިޔެފައި ނެތަސް އެއަށް ކޮށްފައިވާ ކޮމެންޓް ތަކަށް ބަލާ ލާއިރު އެއީ ކެންސަރު ބަލީގެ ޝިކާރައަކަށް ވެފައިވާ ޒުވާނެއް ކަން އެނގެއެވެ. އަދި އަންހެން ކުއްޖާގެ ވަފާތެރި ކަމާއި ކުލުނު، އަދި ޙަޤީޤީ ލޯތްބަށް ތަޢުރީފު ކޮށްފައިވެއެވެ. އަދި ހަމަ އެހެންމެ ފިރިހެން މީހާ އަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާތޯ ދުއާ ކޮށްފައިވެއެވެ.

ކެންސަރުބަލީގައި ދުވަސްތައް ގުނަމުންދާ ޒުވާނާ
ބަލިމީހަކާއި އެކު އުޅުމާއި، އޭނާއަށް އަޅާލުން ދިނުމާއި، އޭނާގެ ކަންތައްތައް ކޮށްދިނުމާއި، އޭނާއަށް އޯގާތެރި ވުމަކީ އިސްލާމް ދީނުގައި ވެސް ނުހަނު ބާރުއަޅުއްވާފައި ވާކަމެކެވެ. ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 195 ވަނަ އާޔަތުގެ މާނައިގައި ވެއެވެ.
{… އަދި إحسان ތެރިވާށެވެ! ހަމަކަށަވަރުން، إحسان ތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެއެވެ.}
ލޮބްވެތި ނަބިއްޔާގެ ޙާދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ.
{… މުއުމިނެއްގެ ކިބައިން ދުނިޔަވީ އުނދަގުލެއް ދުރުކޮށްދީފި މީހަކަށް، ﷲ ސުބުޙާނަހޫ ވަތަޢާލާ ޤިޔާމަތް ދުވަހުގެ އުނދަގުލެއް ދުރުކޮށް ދެއްވާނެއެވެ.}

