އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ދާދި ފަހުން އިންޑިޔާގެ މުސްލިމުންނާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކަށް އިންޑިއާގެ ވެރިކަން ކުރާ ޕާޓީގެ ލީޑަރުން ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
އޮބާމާ މިދިޔަ ހަފުތާގައި ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މުސްލިމުންގެ ހައްގުތައް ހިމާޔަތް ނުކުރެވިއްޖެ ނަމަ އިންޑިއާ އެކަހެރިވާން ފަށާނެ ކަމަށެވެ.
އޮބާމާ މި އިންޓަވިއު ދެއްވި އިރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި އެމެރިކާގަ އެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ދަތުރުފުޅުގައި ވައިޓް ހައުސްއަށް ވަޑައިގެން ރަސްމީ ފަރިއްކޮޅެއްގެ އިތުރުން މުހިންމު ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރެއްވިއެވެ. މޯދީ ވަނީ އެމެރިކާގެ ކޮންގްރެސްގެ ޖޮއިންޓް ސެޝަނެއްގައި ވެސް ތަގުރީރު ކުރައްވާފައެވެ.
ކޮންގްރެސް ތަގުރީރުގެ ކުރިން ގެނެސްދިން ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި އޮބާމާ ދެއްކެވި ވާހަކަތައް އިންޑިއާގައި ވަރަށް ބޮޑަށް ފެތުރުނެވެ.
ސީއެންއެން އިން ވަނީ ރައީސަކު މުސްލިމް މައިނޯރިޓީއާ މުއާމަލާތް ކުރުމުގައި ގެންގުޅެންވީ ކޮންކަހަލަ އުސޫލު ތަކެއްތޯ ސުވާލު ކޮށްފައެވެ.
ރައީސް އޮބާމާ ވިދާޅުވީ އަމިއްލައަށް އެކަނ ްކަން ތަޖްރިބާ ކޮށްފައި ނުވާ ނަމަ އެއީ ވަރަށޤ އޮޅުންބޮޅުން ބޮޑު ކަމެއް ކަމަށެވެ. އަދި އެމެރިކާގެ ރައީސަށް އެކަމަށް ޗެލެންޖް ކުރުމަކީވެސް އުނދަގޫ ކަމަކަޑށޤ ވާނެ ކަމަށޤ އޮބާމާ ވިދާޅުވިއެވެ.
ރައީސް އޮބާމ ާ ވޗިދާޅުވީ އިންޑިޔާގެ މުސްލިޮމް މައިނޯރިޓީ ހިމާޔަތް ކުރަން ޖެހޭ ކަމަށާއި އެކަން ނުކޮށްފި ނަމަ ކޮންމެވެސް ދުވަހަކލުން އިންޑިޔާ ދުނިޔޭގފައި ބާކީ ވެގެން ދާނެ ކަމަށެވެ.

