ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަންވެފައިވާއިރު، މާލެ ސަރަހައްދުން ގޯތި ބެހިޔަކަސް، ރައީސް އިބްރާހިމް މުހައްމަދު ޞޯލިހްއަކަށް ވޯޓު ދޭނެ ބަޔަކު ނުވާނެ ކަމަަށް ރައްޔިޔތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤް ( ޓޮމް) ވިދާޅުވެއްޖެއެވެ.
އޭނާ މީހެން ބުނެފައިމިވަނީ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން 5,000 ގޯތި ދޭން ނިންމާފައި އޮތް އިރު އެ ގޯތިތަކަށް ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވާ 10،314 ފަރާތްތަކަށް ގޯތި ދޭން ނިންމިކަން ސަރުކާރުން އިއްޔެ ހާމަކުރުމާއި ގުޅިގެންނެވެ.
އެގޮތުން މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދޭން މާލެ ސަރަހައްދުން ގޯތި ލިބުނު ބައެއްގެ ވަގުތީ ލިސްޓު އިއްޔެ ސަރުކާރުން ވަނީ އާއްމު ކުރައްވައިފައެވެ.
"ތި އިޢުލާން ކުރާ ގޯތިތައް ހުރީ ކަނޑުގައި. ހިކިފަސްތާކު މަނިކުފާނު ދޭނެ ގޯއްޗެއް ނެތް. ހަނދު ދިނަސް ވޯޓު ދޭނެ މީހަކު ދެނެއް ނުވާނެ،" މިހާރު މަރަށް ތެޅޭތަން ނޫން ތަނެއް ނުފެނޭ."
މި ސްކީމަށް 15،164 ފޯމް ހުށަހެޅިއިރު، އޭގެ ތެރޭގައި ސިންގަލް އެޕްލިކަންޓް އާއި އެކި މީހުން ގުޅިގެން ޖުމްލަ 23،088 މީހުން ހިމެނޭ ގޮތަށް ފޯމް ހުށަހެޅިއެވެ. އޭގެ ތެރެއިން ޝަރުތު ހަމަވީ 12،794 ފޯމެވެ.

