އައްޑޫސިޓީގައި ކުރިއަށްދާ ސަދަން ސްޕޯޓްސްގެ ފިރިހެން ވޮލީބޯޅަ މުބާރާތް ސީވީސީ 2023 ގެ ލީގު ފުރަތަމަ ދެ މެޗުވެސް މީދޫ ވޮލީ ޓީމް ކާމިޔާބުކޮށްފިއެވެ.
25 ޖޫން 2023ގައި ފެށި މި މުބާރާތުގައި ފުރަތަމަ މެޗުގައި ބައްދަލު ކުރީ މީދޫ ވޮލީ ޓީމާއި ފޭދޫ ޓީމެވެ. ފޭދޫ ވޮލީ ކޯޓުގައި ކުޅުނު މި މެޗު ފޭދޫ ވޮލީ ޓީމް އިން ކާމިޔާބު ކުރީ 0-3 ސެޓުންނެވެ. އަދި މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައި ވަނީ މީދޫ ވޮލީ ޓީމްގެ ޖާރސީ ނަންބަރ 11 އަބްދުﷲ ސިމަން އެވެ.
މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލު ކުރީ ގޭން ޕޮލިސް ކްލަބާއި ޓީމް ވޯރިއަރސް އެވެ. މި މެޗު ޓީމް ވޯރިއަރސް އިން ކާމިޔާބު ކުރީ 0-3 ސެޓުންނެވެ. މި މެޗްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ޖާރސި ނަންބަރ 6 އާދަމް ފައިރޫޒް އެވެ.
މުބާރާތުގެ 3 ވަނަ އަދި 4 ވަނަ މެޗު 26 ޖޫން 2023 ގައި ކުރިއަށް ގެންދެވުނެވެ. 3 ވަނަ މެޗުގައި ބައްދަލުކުރީ ގުޑްބަޑީސް އާއި މީދޫ ވޮލީ ޓީމްއެވެ. މި މެޗް މީދޫ ވޮލީ ޓީމް 0-3 ސެޓުން ކާމިޔާބު ކުރިއެވެ. އަދި މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ޖާރސީ ނަންބަރ 10 މުހައްމަދު ޔާސީން އެވެ.
ރޭގައި ކުރިއަށް ގެންދެވުނު މުބާރާތުގެ 4 ވަނަ މެޗުގައި ބައްދަލު ކުރި ފޭދޫ ޓީމް އާއި ގޭން ޕޮލިސް ކްލަބެވެ. މި މެޗު 0-3 ސެޓުން ކާމިޔާބު ކޮށްފައިވަނީ ފޭދޫ ޓީމްއެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އަހްމަދު އަބްދުލް ކަރީމް (ޖާރސީ ނަންބަރ 1).
ލީގު ސްޓޭޖުގެ 5 ވަނަ މެޗާއި 6 ވަނަ މެޗު މިރޭ 08:00 އިން ފެށިގެން ފޭދޫ ވޮލީ ކޯޓުގައި ކުޅޭނެއެވެ. މިރޭގެ ފުރަތަމަ މެޗުގައި ވާދަ ކުރާނީ މީދޫ ވޮލީ ޓީމާއި ގޭން ޕޮލިސް ކްލަބެވެ. ދެވަނަ މެޗުގައި ވާދަ ކުރާނީ ގުޑް ބަޑީސް އާއި ޓީމް ވޯރިއަރސް އެވެ.

