އައްޑޫސިޓީގައި ކުރިއަށްދާ ސަދަން ސްޕޯޓްސްގެ ފިރިހެން ވޮލީބޯޅަ މުބާރާތުގެ ތިންވަނަ މެޗުވެސް މީދޫ ވޮލީ ޓީމް ކާމިޔާބުކޮށްފިއެވެ.
ރޭ ގަން ޕޮލިސް ކްލަބްއާއި ދެކޮޅަށް ފޭދޫ ވޮލީ ކޯޓުގައި ކުޅުނު މުބާރަތުގެ 5 ވަނަ މެޗު މީދޫ ވޮލީ ޓީމް އިން ކާމިޔާބު ކުރީ 0-3 ސެޓުންނެވެ. އަދި މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައި ވަނީ މީދޫ ވޮލީ ޓީމްގެ ޖާރސީ ނަންބަރ 11 އަބްދުﷲ ސިމަން އެވެ.
ރޭގަ ކުޅުނު މުބާރަތުގެ 6 ވަނަ މެޗުގައި ވާދަ ކުރީ ޓީމް ވޯރިއަރސް އާއި ގުޑް ބަޑީސް އެވެ. މި މެޗު ޓީމް ވޯރިއަރސް އިން ކާމިޔާބު ކުރީ 0-3 ސެޓުންނެވެ. މި މެޗްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ޖާރސި ނަންބަރ 18 އަހްމަދު ފާޒިލް އެވެ.
ސީ ބްރީޒް ކެފޭ މެއިން ސްޕްންސަރގެ ދަށުން ކުޅޭ މި މުބާރާތުގެ 7ވަނަ މެޗުގައި މިއަދު ހަވީރު ބައްދަލު ކުރާނީ ފޭދޫ ޓީމް އާއި ޓީމް ވޯރިއަރސް އެވެ. އަދި މުބާރާތުގެ 8ވަނަ މެޗު މިރޭ 08:00 ގައި ފޭދޫ ވޮލީ ކޯޓުގައި ކުޅޭނެއެވެ. މިރޭގެ މެޗުގައި ވާދަ ކުރާނީ ގޭން ޕޮލިސް ކްލަބާއި ގުޑް ބަޑީސް އެވެ.
މި ކޯ ސްޕޮންސަރުންނަކީ ހެޕީ މާރކެޓް، ކޮންޓްރޯލް ޕީ، ސައުތު ފިއުލް ސަޕްލައި، އެސްޖޭ ކޮންސްޓްރަކްޝަން ސައުތު ޕާމް ރިސޯޓް އަދި ދިރާގުއެވެ. މީޑިއާ ޕާރޓްނަރުންނަކީ ހުވަދޫ ނިއުސް އަދި ވޮއިސް އެމްވީ އެވެ.

