އަޟްހާ ޢީދު އަޅުގަނޑުމެއްނާ ބައްދަލު ކުރިއިރު 2023 ވަނަ އަހަރުގެ ދެވަނަ ޓާރމްގެ ކިޔެވުން ނިމި ޗުއްޓީވެސް މިވަނީ ފެށިފައެވެ. ޢީދު ޗުއްޓީއަކީ އަބަދުވެސް ގިނަބަޔަކު އެއްތަނުން އަނެއްތަނަށް ޗުއްޓީއަށް ދަތުރުކުރާ ދުވަސްވަރެވެ.
ޖޫން މަހުގެ 23 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 1 އާއި ހަމައަށް ބަންދު ދުވަސްތަކެއްކަމަ ކަނޑައަޅާފައިވުމާއި އެކު، މާލޭގައި ދިރިއުޅޭ ގިނަ ބަޔަކު ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށާއި ރާއްޖޭން ބޭރުގެ އެކި ގައުމުތަކަށް ޗުއްޓީއަށް ގޮސްފައެވެ. ގިނަ ބަޔަކު މުޅި އާއިލާތައްއެކީ ޗުއޓީ ހޭދަކުރުމަށް ދިޔުމާއިއެކު މާލޭގެ މަގުތައްވަނީ ފަޅުވެފައެވެ.
އަބަދުވެސް ވަކި ގަޑިއެއް ނެތި ކާރުބާރު ބޮޑުކޮށް ފެންނަ މަގުތައް ވަނީ ހަމަ ހިމޭންވެފައެވެ. ހަވީރު ފިންޏަށް މަގުމައްޗަށް ނުކުމެލިޔަސް ހިނގާލާނެ ތަނެއް ނުލިބޭ މަގުތައް ފެންނަނީ އެއްކޮށް ހުސްވެފައިވާ ތަނެވެ.
މި ލިބުނު ބޮޑު ބަންދުތެރޭ ގައުމީ އެއާލައިންއިންވެސް ވަނީ ޝެޑިއުލްކޮށްފައިވާ ފްލައިޓްތައް ފުލްވެ، އިތުރު ފްލައިޓްތަކެއް ރާއްޖޭގެ އެކި ހިސާބަށް އިތުރުކޮށްފައެވެ.
އީދު ބަންދަށް ތަންތަނަށް ފުރައިންދާިއރު، އަމިއްލަ ގެދޮރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ވަނީ ވަވަރަށް ބޮޑަށް އިލްތިމާސްކޮށްފެއެވެ. އެގޮތުން، ގެއިން ނުކުތުމުގެ ކުރިން ގެދޮރުތައް ރަނގަޅަށް ތަޅުލެވުނުތޯ ޔަޤީންކޮށް، ފެންލައިޓް، ވައިގޮޅި، ގޭގެ ކުޑަދޮރުތައް އަދި ބެލްކަނި ދޮރުވެސް ރަނގަޅަށް ތަޅުލެވުނުތޯ ޔަޤީންކުރުން މުހިންމުކަމަށް އެބޭފުޅުން ވަނީ ވިދާޅުވެފައެވެ.
މި ފަހަރުގެ އަޟްހާ އީދާއި ދިމާކޮށް ރާއްޖޭގެ ހުރިހާ ހޖިސާބެއްގައިވެސް ދަނީ ވަރަށް ކުލަގަދަކޮށް އީދުގެ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އިއްޔެ މަލާ ސިޓީގައިވެސް ވަނީ ސިޓީ ކައުންސިލްއިން ފެސްޓިވޯ އިންސްޓިޓިއުތްއާއި ގުޅިގެން ކުޑަކުދިންގެ ހަވީރެއް ބާއްވާފައެވެ.

