މާލޭ ގެއެއްގެ ތެރޭގަައި، ނިޔާވެފައި އޮތް މީހަކު ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ހެންވޭރު ގެއެއްގެ ތެރޭގައި ޚަބަރު ހުސްވެފައި މީހަކު އޮތް ކަމުގެ ރިޕޯޓު، މިއަދު 13:20 ކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެއާއިއެކު އެމީހާ އޭޑީކޭއަށް ގެންގޮސްފައިވާއިރު، އޭނާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭ ކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.
ފުލުހުން ބުނީ ނިޔާވެފައި ވަނީ 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ، އެ މައްސަލަ އާއި ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

