އެހެން އަހަރު ތަކާއި ޚިލާފަށް މި އަހަރުގެ އަޟުޙާ ޢީދު ވެގެން މިދަނީ ވަރަށް ފޯރިގަދަ އަދި އެހާ އެ ކުލަގަދަ ޢީދަކަށެވެ. ސޯޝަލް މީޑިއާގެ ތެރެއިން ރަށްރަށުގެ ހަރަކާތްތައް ފެންނަނީ މިއިން ޒަމާނެއްގައި ފާހަގަ ނުކުރާހާ ބޮޑަށް، ތަފާތު ކުޅިވަރު ކުޅުމަށް ރަށްތައް ތައްޔާރު ވެފައިވާ ތަނެވެ. ކުޅިސަމާ ގެ އެތައް ހާސް ފޮޓޯ އެކެވެ. ލައިވް ތަކެވެ. މުޅި ސޯޝަލް މީޑިއާ ވަނީ ޢީދު ހަރަކާތްތަކުން ފުރާލާފައެވެ.
މުސްލިމުންގެ އެންމެ މާތް އަދި އެންމެ ބޮޑު އަޅުކަމަށް ފަހު އަންނަ އުފާވެރި އަޟުޙާ ޢީދުގައި މުޅި ދިވެހި ރާއްޖެ ޝާމިލުވެ މަސްއޫލު ވެފައިވާއިރު ރާއްޖޭގެ ބޮޑު އެއް އާބާދީ ކަމުގައިވާ ގދ ތިނަދޫ އޮތީ ހަމަހިމޭން ވެފައެވެ. ޢީދާއި ގުޅިގެން ހަމަ އެއްވެސް ކަމެއް ނެތޭ ދެންނެވުމަކީ ވެސް ދޮގަކަށް ނުވާނެއެވެ. ރަށުގެ ބޮޑު 3 މިސްކިތެއްގައި ޢީދު ނަމާދު ކުރިއެވެ. ނަމާދަށް ދިޔަ ބައެއް ފަރާތްތަކަށް ދެވޭ ވަރަށް، ތިނަދޫ ކައުންސިލާއި ދިރާގުން، ކުޑަ ބޮނޑިބަތް ތައްޓެއް ހަދިޔާ ކުރިއެވެ. އެ ނިމުނީ އެވެ.
ތިނަދޫ ގެ އެއްވެސް ދިމާއަކުން މި ޢީދާ ގުޅިގެން ހަރަކާތެއް ނުފެންނާތީ ބައެއް ޖަމްޢިއްޔާތަކާ ސުވާލު ކޮށްލުމުން ބުނީ ތިނަދޫގައި ވެސް އަދި އެހެން ރަށް ރަށުގައި މިފަދަ ކަންކަން ކުރުމުގައި އިސް ނަގަންވީ ފަރާތަކީ އެރަށެއްގެ ކައުންސިލް ނުވަތަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ ކަމަށެވެ. ރާއްޖޭގެ ހުރިހާ ރަށަކުން ވެސް ކުލަގަދަ ކަމާއިއެކު ޢީދު ފާހަގަ ކުރަމުން ދަނީ އެ ގޮތަށް ކަމަށެވެ. ތިނަދޫ ގައި ދާދި ފަހުން އުފެއްދި އެއް ޖަމްޢިއްޔާ ކަމުގައިވާ ވީޓް ގެ ރައީސް މައުސޫމާ އަލީ މިކަމާއި ގުޅިގެން ވިދާޅުވީ، ތިނަދޫ ގައި މިފަހަރު ޢީދު ފާހަގަ ނުވުމުގައި ވަރަށް ގިނަ ސަބަބު ތައް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ސްކޫލް ބަންދާއި ޢީދު ދިމާވުމާއި، ގިނަ ބަޔަކު ޗުއްޓީއަށް ރަށުން ބޭރަށް ދިޔުން ހިމެނޭ ކަމަށެވެ.
"ތިނަދޫ ގައި އެއްވެސް ވަރަކަށް ޢީދު ފާހަގަ ނުކުރެޔޭ ބުނީމާ ހަމަ ހައިރާންވި. ތިނަދޫ ކައުންސިލުން ކުޑަ އިސްނެގުމެއް ނެންގެވި ނަމަ ރަނގަޅު ވީސް" މިވަގުތު ޗުއްޓީ ގައި ރަށުން ބޭރުގައި ހުންނެވި މައުސޫމާ ވިދާޅުވިއެވެ.
ތިނަދޫގައި މިއަހަރުގެ އަޟްހާ އީދު ފާހަގަކުރުމަށް އެއްވެސް ހަރަކާތެއް ބާއްވާފައިނުވާތީ ގިނަ ބައެއްގެ ފާޑުކިއުން ތިނަދޫ ކައުންސިލާއި ޑަބްލިއުޑީސީ އަށް އަދި ޖަމްޢިއްޔާ ތަކަށް އަމާޒު ވެފައި ވަނިކޮށް ތިނަދޫ ރައީސް ސައުދު ޢަލީ އޭނާގެ އަމިއްލަ ފޭސްބުކް އެކައުންޓުގައި ފިލި ނުޖަހާ ލިޔުއްވާފައިވާ ޕޯސްޓެއްގައި ވަނީ " ދިވެހިންނަށް ވީތީ ފަކުރުވެރިވެގެން ތިބެ މަތިން ބުރުގާ އަޅައިގެން ތިރިން އޮރިޔާމުން ތިބެގެން "ފަޔާފަލެ ޢީދެކޭ" ކިޔާފަ ދުވަހަކުވެސް ފާހަގަ ނުކުރާން" ކަމަށެވެ.
މީގެ އަހަރުތަކެއް ކުރިން ގދ ތިނަދޫ ގައި އީދު ފާހަގަ ކުރުމަށް ބޭއްވި ޙަރަކާތެއް ބެލުމަށްޓަކައި މީހުންތަކެއް އެއްވެފައި . ހުވަދޫ ފައިލް ފޮޓޯ/ވީޑިއޯ
ތިނަދޫ ގެ މާޒީ އަށް ބަލާއިރު ތިނަދޫ އަކީ ތަފާތު މުނާސަބާތައް ފާހަގަ ކުރުމުގައި ދެވަނައެއް ނެތް ރަށެކެވެ. ޢީދު ފާހަގަ ކުރުމަށް ނަޒަރު ހިންގާލި ކަމުގައި ވިޔަސް އެހެން ހުރިހާ ރަށަކަށް ނަމޫނާ ރަށެކެވެ. ޢީދު މަޅި ޖެހުމާއި މަގުމަތީ ކުޅިވަރު ތަކާއި އެކި ޒާތްޒާތުގެ މުބާރާތް ތަކާއި މިއުޒިކް ޝޯވްތަކާއި ރަށުތެރެ ޒީނަތްތެރި ކުރުމަކީ ޖަމްޢިއްޔާ ޖަމާއަތްތަކާ އަވަށު ފޯރީގައި އަދި ރަށު އޮފީސް ނުވަތަ ކައުންސިލާއި ކޮމިޓީ ތަކުގެ އިސްނެގުމާއި އެކު ކުރަމުން އަންނަ ފޯރިގަދަ ޘަޤާފީ ކަންކަމެވެ.
މީގެ އަހަރުތަކެއް ކުރިން ގދ ތިނަދޫ ގައި އީދު ފާހަގަ ކުރުމަށް ބޭއްވި ޙަރަކާތެއް ބެލުމަށްޓަކައި މީހުންތަކެއް އެއްވެފައި . ހުވަދޫ ފައިލް ފޮޓޯ/ވީޑިއޯ
ނަމަވެސް، މި ފަހަކަށް އައިސް މިދެންނެވި ރޫޙު ނެތެމުން ގޮސް މިހާރު ވަނީ އެއްކޮށް ވަޅުޖެހިފައެވެ. އަހަރަކަށް ވުރެ އަހަރެއް، ދުވަހަކަށް ވުރެ ދުވަހެއް، ފަނޑުވެ މިއަދު ވަނީ، މުޅިން ހުއްޓިފައެވެ. ނިމިގެން މިދާ ބޮޑު އީދުގައި ތިނަދޫ ގައި އެއްވެސް މީހަކު އީދު ފާހަގަ ނުކުރެއެވެ. ހަރަކާތެއް ހިންގަން އިސްވި ބަޔަކު މި ބޮޑު އާބާދީ ގެ ތެރޭގައި ނެތެވެ. މި ކަމުގައި އެންމެ ޙައިރާންވި ކަމަކީ އިހުއްސުރެ ފަރުދީ ގޮތުން ނަގައި ކޮށް އުޅޭ ޢީދު މަޅި ޖެހުމާއި އަވައްގަނޑު ފޯރީގައި މަގު މަތީގައި ކުޅުނު އެއްވެސް ކުޅިވަރެއް ނުކުޅޭ ކަމެވެ.
މީގެ އަހަރުތަކެއް ކުރިން ގދ ތިނަދޫ ގައި އީދު ފާހަގަ ކުރުމަށް ބޭއްވި ޙަރަކާތެއް ބެލުމަށްޓަކައި މީހުންތަކެއް އެއްވެފައި . ހުވަދޫ ފައިލް ފޮޓޯ/ވީޑިއޯ
ހުވަދު އަތޮޅު ދެކުނުބުރީ ވެރިކަން ކުރާ ރަށް، ނުވަތަ އާބާދީގެ ގޮތުން އެންމެ ބޮޑު އާމްދަނީ އާއި ދުނިޔަވީ ވަސީލަތްތައް އެންމެ ބޮޑު ތިނަދޫ މި ޢީދު ގައި އޮތީ ހަމަހިމޭންވެފައެވެ. މުޅި ސަރުކާރު އޮތީ ޗުއްޓީ ގައެވެ. ޖަމްޢިއްޔާތައް ވެސް ތިބީ، ރަށާއި އަތޮޅު ހަފޮޅުން ވެސް ބޭރުވެ، ބޮޑު ޗުއްޓީގައި ކަހަލައެވެ. ގިނަ ރައްޔިތުން ވެސް ގޮސް ތިބީ އެހެން ރަށްރަށުގެ އީދު ފޯރި ބަލާށެވެ. މަގުމަތިން ދިމާވާ މަދު ބަޔަކު ބުނުމުން ދަނީ:
"މި ރަށަށް ވަމުން މި ދަނީ ކިހިނެއް. އެއްވެސް ކަމެއް ނެތް. ކައުންސިލް ކޮބާ. ޒުވާނުން ކޮބާ. ވިޔަފާރި ވެރިންކޮބާ. ކޮބާ އަހަރެމެން ހޯދި ޑަބްލިއު ޑީ ސީ. ކޮބާ ޖަމްޢިއްޔާ ތައް. މުސްލިމުން ގޮތުގައި ތިބެ އީދު ފާހަގަ ނުކުރުން އެއީ ކަންބޮޑުވާ ކަމެއް"
ދުނިޔޭގެ އެންމެހާ މުސްލިމުން މި ޢީދު ފާހަގަ ކުރީ އެހެން ހުރިހާ ފަހަރަކަށްވުރެ ކުލަ ގަދަކޮށެވެ. ޒަމާނަށް ފެތޭގޮތަށް އެތައް ބަދަލު ތަކަކާއި އެކުގައެވެ. އިސްލާމީ ތާރީޚުގައި ހުރި ސަޤާފަތް ފެންނަ ގޮތަށެވެ. ރާއްޖޭގައި ވެސް ފެނިގެން ދިޔައީ އުފާވެރި މަންޒަރު ތަކެކެވެ. ގދ ތިނަދޫ ފިޔަވައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް އީދު ފާހަގަ ކުރީ ބޭރު ދުނިޔެއަށް ވަކި ދޫކުރާ މިންވަރަކަށް ނޫނެވެ. ކުޅިވަރާ މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ނަން ހުސްކޮށް، ކޮއްފައި ވެއެވެ. ތިނަދޫ ގައި ތިބި ދޭސީއެއް ބިދޭސީއެއް ނެތި، ކުރިކަމަކީ، ފޯނުން އެ މަންޒަރު ތައް ބެލުމެވެ. އެ ޚަބަރުތައް ކިޔުމެވެ.
މިއީ މިކަން ވާންވީ ގޮތެއް ނޫނެވެ. މީގެ ކުރިން މިކަން އޮތް ގޮތެއްވެސް ނޫނެވެ. މިހެން ވާނެ ކަމަށް ބަޔަކު ހީވެސް ނުކުރެއެވެ. ކުރިންވެސް ދެންނެވި ފަދައިން، ތިނަދޫ އަކީ ރާއްޖޭގެ އެހެން ހުރިހާ ރަށަކަށް ވުރެ ވަރަށް ގިނަ ގޮތްގޮތުން ތަރައްޤީ ރަށެކެވެ. ވަސީލަތްތައް އެބަހުއްޓެވެ. ޖާގަ އެބައޮތެވެ. ފަންނީ މީހުންނާއި މަޝްހޫރު މީހުންވެސް ގިނައެވެ. އާބާދީ ބޮޑެވެ. ދިރިއުޅޭ މީހުން ގިނައެވެ. ރަށަށް އައިސް ގޮސް އުޅޭ މީހުން އެހާ ގިނައެވެ. އަދި ކޮބައިތޯއެވެ. ރާއްޖޭގެ ރަށްރަށުގެ ތެރެއިން އެންމެ ބޮޑު އާމްދަނީ އެއް ވަންނަ، "ހިތަކަށް" ޚަރަދުކުރާ ކައުންސިލް ވެސް އޮތީ ތިނަދޫ ގައެވެ. އަތޮޅުގެ ރަށްތަކަށް ބަލާއިރު، އެންމެ ގިނަ ޖަމްޢިއްޔާތައް އޮތީވެސް ހަމަ ތިނަދޫގައެވެ. އެހެންކަމުން މިނޫން ގޮތެއް ވާން އެބަޖެހެއެވެ. ފާއިތުވެގެންދާ ފަނޑު އަހަރުތަކާ މެދު ވިސްނައި ފިކުރު ކުރަން އެބަ ޖެހެއެވެ. ތިނަދޫ ރައްޔިތުންގެ ވިސްނުމާއި ފިކުރަކީ، ރަށަށް "ވާނެ އެއްޗެއް ވާން ދޫކޮށްލައިގެން ތިބުން" ނޫންކަން ދެއްކި ރޫޙުގައި ތެދުވެ ބަސް ބުނެ އެކަން އަމަލުން ދައްކަން އެބަޖެހެއެވެ.
ބޮޑު މުސާރަ ނަގައިގެން ތިބި ވެރިން، "މާދަމާ" ވެސް ދާން ޖެހޭނީ، އެ ރައްޔިތުންގެ ގާތަށްކަން ވިސްނަވާށެވެ. ރަށަށް ހެޔޮވާނޭ ގޮތްތަކަށް ކަންކަން ހިންގަވާށެވެ. މަޤާމުގެ ސަބަބުން ލިބޭ އުޖޫރަ ޙަލާލު ކުރައްވާށެވެ.

ގއ ވިލިނގިލީގައި އީދު މަޅި ހެދުމަށް މި މަހުގެ 27 ވަނަ ދުވަހު މަސައްކަތް ކުރަނީ. އެ ރަށުގައި މި އަހަރުގެ ޢީދު ދުވަސް ވަނީ ވަރަށް ކުލަ ގަދަކޮށް ކޮށްފައި. ފޮޓޯ ޖީއޭއޭ ރެކްރިއޭޝަން ކްލަބް
އަޅުގަނޑަށް ފެންނަ އެއްޗެއް ވެސް ބުނެލާނަމެވެ.
މަޝްވަރާ ގެ އުސޫލުން ކަންކަން ކޮށް، ދުނިޔެ ދައްކަމުންދާ ޙަޤީޤަތާ ކުރިއެރުން ޤަބޫލު ކޮށް، ކަން ކުރާ ކަމުގައި ވާނަމަ، މިއަދު ތިނަދޫއަށް ވަމުން ދާގޮތް ބަދަލު ކުރެވޭނެއެވެ. މަސައްކަތް ކޮށްފިނަމަ މިކަން "ކާމިޔާބު" ވެސް ކުރެވޭނެއެވެ
maldives
maldives resort
resorts in maldives
the maldives resort
maldives hotels
hotels in maldives
islands in maldives

