ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.
މަޖިލީހުން ބޭރުން ބާއްވަން ނިންމާފައިވާ ޖަލްސާ ބާއްވާނެ ދުވަހެއް އަދި ނިންމާފައި ނުވާއިރު، އެމްޑީޕީންގެ މެންބަރުން ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް އެދިފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.
ދައުރުން ބޭއްވުން ޖަލްސާއެއް ބާއްވަން އެމްޑީޕީން އެދިފައިވަނީ ދައުރު ނިމިގެން މަޖިލިސް ޗުއްޓީއަށް ދިޔައިރު، މަޖިލީހަށް ހުށަހެޅިފައިވާ މައްސަލަތައް ނުނިމި ހުރުމާ ގުޅިގެންނެވެ.
ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން ހުށަހަޅާތާ ދެ ހަފުތާގެ ތެރޭގައި ޖަލްސާ ބާއްވަން މަޖިލީހުގެ ގަވާއިދުން ލާޒިމްކޮށްފައިވެއެވެ. އެގޮތުން އެމްޑީޕީން ހުށަހެޅި ހުށަހެޅުމަށް އަންނަ ބުރާސްފަތި ދުވަހަށް 14 ދުވަސް ހަމަވާނެއެވެ.
ދައުރުން ބޭރުން ޖަލްސާ ބާއްވަން އެމްޑީޕީން ހުށަހެޅިއިރު، މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓިފައި އޮތްކަން ފާހަގަކޮށް، މަޖިލީހުގެ މަސައްކަތްތައް ހިނގާ ތަނަކަށްވާން ޖެހޭނީ ކޮމިޓީތައް ކަމަށާއި ނަމަވެސް އެ މަސައްކަތްތައް ކުރިއަށްނުދާ ކަމަށާއި އެމްޑީން ގަބޫލް ކުރަނީ ދާއިމީ ކޮމިޓީތަކުގެ މަސައްކަތްތައް އަބަދުވެސް ކުރިއަށްދާން ޖެހޭނެ ކަމަށް ކަމަށް އެމްޑީޕީގެ ސްޕޯކްސްޕާސަން އަދި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ވަނީ ވިދާޅުވެފައެވެ.
މަޖިލިސް ޗުއްޓީއަށް ދިޔައިރު މަޖިލީހުގެ ނައިބު ރައީސްއާއި ނާއިބު ރައީސް އިވާ އަބްދުﷲ އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ބަންޑާރަ ނައިބު ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ އިތުރުން ކޮމިޓީތައް އެކުލަވާލުވުމުގެ މައްސަލަ އޮތީ ނުނިމިއެވެ.

