ވައްކަމުގެ މައްސަލައެއްގެ ތަޙުޤީޤަށް މީހަކު ހޯދާ ނުފެނިގެން، ތަޙުޤީޤަށް އޭނާ ޙާޒިރު ވުމުގެ ޗިޓު ފުލުހުން ޢާއްމުކޮށް އިޢުލާނު ކޮށްފިއެވެ. މީގެ 16 ގަޑިއިރު ކުރިން ފުލުހުންގެ ވެބްސައިޓްގައި ކުރި އިޢުލާނުގައި ބުނެފައި ވެއެވެ.
{ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރަމެވެ.
ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ލ. ހިތަދޫ / ރަންކުރި، ޢަލީ ޢައްރާފު (21އ)
ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A311090
ހާޒިރުކުރެވޭ ހައިސިއްޔަތު: ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް، ސުވާލުކުރުމަށް
ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން، 2023 ޖުލައި 09 ވަނަ ދުވަހުގެ ހެނދުނު 09:00 އަށް}
މިކަމާއި ގުޅޭގޮތުން ގުޅުމަށް ފުލުހުން ދީފައިވަނީ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަންބަރު: 3035336 އެވެ.

