ރާއްޖޭގެ އެންމެ ދެކުނުގެ 5 އަތޮޅު ކަމުގައިވާ ލ، ގއ، ގދ، ޏ، އަދި ސ އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރީނދޫ-ސަމާލު ނެރެފިއެވެ.
މެޓް އޮފީހުގެ ވެބްސައިޓްގައި ޢާއްމުކޮށްފައިވާ މި ސަމާލުގައި ބުނެފައިވަނީ، ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް މިއަދުގެ ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ވައި އެންމެ ބާރުވާނެ ކަމަށް ލަފާކޮށްފައި ވަނީ ގަޑިއަކު 45 މޭލު ބާރުމިނުގައެވެ.
ރީނދޫ-ސަމާލަކީ 2 ވަނަ ދަރަޖައިގެ ސަމާލެކެވެ.

