ރައީސް އިބްރާހިމް މުހައްމަދު ޞޯލިހްގެ އާއިލާއަށް އެމްއެމްޕީއާރުސީގެ ޙިޔާނާތުގެ ފައިސާ ލިބުންކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބުނެފައިވާ މެސެޖްތަކެއް ރައްޔިތުން މަޖިލީސް ކޮމިޓީގައި އެބަހުރި ކަމަށް ރައްޔިތުން މަޖިލީހުގެ އުނގޫފާރުފދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)އަށް އެމްއެމްޕީއާރުސީގެ ފައިސާ ލިބިފައި ނެތްކަމަށްވެދާނެ ކަމަށެވެ. ނަމަވެސް ވައްޑެ ވަނީ އެފައިސާ ލިބުނު މީހުންގެ މައްސަލަތައް ކޮބައިތޯ ސުވާލު އުފައްދާފައެވެ.
“ޗަމްޕާ އުއްޗުއަށް އެމްއެމްޕީއާރުސީގެ ފައިސާ ލިބިފައި ނެތްކަމަށްވެދާނެ. އެކަމަކު އެފައިސާ ލިބުނު މީހުންގެ މައްސަލަތައް ކޮބާހޭ؟ ރައީސުލްޖުމްހޫރިއްޔާ އަށް ވެސް އެއިން ބައެއް ލިބުނު ކަމަށް ކިޔާ. ރައީސުލްޖުމްހޫރިއްޔާގެ އާއިލާ ބޭފުޅުންނަށް ފައިސާ ލިބުނުކަމަށް ބުނާ އަދީބުގެ ޓެކްސްޓް މެސެޖް ކޮޕީ 241 ކޮމިޓީގައިވެސް އެބަހުރި.”
ރައީސް ސޯލިހްއަށް އެމްއެމްޕީއާރްސީ ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާ ލިބުނު ކަމަށް މިސަރުކާރުގެ ފުރަތަމަ ޓްއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވެސް ވަނީ ވިދާޅުވެފައެވެ.
އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ރައީސް ސޯލިހް އާއި ގުޅުވޭ ހެކި އެބަހުރި ކަމަށް ވައްޑެ ވިދާޅުވީ ޗަމްޕާ ބްރަދާސް އަށް އެމްއެމްޕީއާރްސީ ފައިސާ ނުލިބޭކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމި ނިންމުމަށް އިޝާރާތް ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

