މެންޗެސްޓާރ ޔުނައިޓެޑްގެ ގޯލްކީޕަރ ޑޭވިޑް ޑި ގިއާ އާކޮންޓްރެކްޓުގެ މަޝްވަރާތަކުގެ ކުރިން އޭނާގެ ދިގު މުއްދަތުގެ ބައިވެރިޔާ އެދުރުންއާ ކައިވެނިކޮށްފިއެވެ.
ސްޕެއިންގެ ގޯލްކީޕަރު ހޮނިހިރު ދުވަހު ބައިވެރިޔާ އެދުރުންއާ ކައިވެނި ކުރިއިރު، ފަހުން އެ ދެމަފިރިން އެކުގައި ނަގާފައިވާ ފޮޓޯއެއް ކައިވެންޏަށް ފަހު ވަނީ އިންސްޓަގްރާމްގައި އަޕްލޯޑްކޮށްފައެވެ.
ސްޕެއިންގެ ގޯލްކީޕަރު ޔުނައިޓެޑާ އެކު ކޮންޓްރެކްޓް މަޝްވަރާތައް ކުރިއަށް ދާއިރު، ސައުދީ އަރަބިއާގެ ކްލަބް އަލް ނަސްރަށް ބަދަލުވުމާ އޭނާ ވަނީ ގުޅިފަ އެވެ. މެދުއިރުމަތީގައި ކްރިސްޓިއާނޯ ރޮނާލްޑޯއާ އަލުން ގުޅުމަށް އޯލްޑް ޓްރެފޯޑްގައި ހޭދަކުރި މުއްދަތު އިތުރުކުރަން ނުވަތަ އެ ކްލަބާ އެކު 12 އަހަރު ވަންދެން އޮތް ގުޅުން ނިމުމަކަށް ގެނައުމަށް އޭނާ އެއްބަސްވޭތޯ މިހާރު ބަލަން ޖެހެ އެވެ.

