ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުލަބް ލިވަޕޫލް 2023-24 ވަނަ އަހަރުގެ ކެމްޕެއިނަށް އާ އަވޭ ކިޓް، ވައިޓް އެންޑް ގްރީން ސްޓްރިޕް ދައްކާލައިފިއެވެ.
ލިވަޕޫލްގެ އާ އަވޭކިޓަކީ ނުވަދިހައިގެ އަހަރުތަކުގެ މެދުތެރެއިން އެ ކްލަބުގެ މަޝްހޫރު ޖާޒީއިން އިންސްޕަޔާވެގެން ހަދާފައިވާ ކިޓެެވެ.
މިއަހަރުގެ ފުޓްބޯޅަ ސީޒަނާ ދިމާކޮށް ރެޑްސްގެ އާ "ސްޕާކް އެންޑް ޕޮއިޒަން" އަވޭ ކިޓް މޮޑެލް ކުރި ތަރިންގެ ތެރޭގައި މުހައްމަދު ސަލާހް، ޑާވިން ނުނޭޒް އަދި ހާވީ އެލިއަޓް ފަދަ ތަރިން ހިމެނެ އެވެ.
މި ކިޓަކީ 1995-96 ވަނަ އަހަރުގެ ސީޒަނުން ފެށިގެން ލިވަޕޫލްގެ ކިޓް ފެހި އަދި ހުދު ކުލައިގެ ކުއާޓާ ޕެޓާނަކާއި ކަޅު ކުލައިގެ ކޮލަރަކާއި ކަފްއަކާ އެކު ހަދާފައިވާ ޒަމާނީ ޓްވިސްޓެކެވެ.
ކަޅު ކުލައިގެ ކުރު ސޯޓް އަކާއި ކަޅާއި ފެހި ކުލައިގެ ޓްރިމަކާ އެކު މި ކިޓް ވަނީ އިތުރައް ފުރިހަމަކޮށްފައިވެއެވެ.
މި މަހުގެ ހަތް ވަނަ ދުވަހު ލޯންޗް ކުރާ މިކިޓް އެދުވަހުން ފެށިގެން ލިވަޕޫލްގެ އޮންލައިން ސްޓޯރާއި އެލްއެފްސީ ސްޓޯރު އެޕް މެދުވެރިކޮށް ޕްރީއޯޑަރު ކުރުމަށް ހުންނާނެ އެވެ.
ލިވަޕޫލް ޕްރީ ސީޒަން ސިންގަޕޫރަށް ކުރާ ދަތުރުގައި މި މަހުގެ 30 ވަނަ ދުވަހު ލެސްޓާއާ ދެކޮޅަށް ނުކުންނާނީ ހުދު އަދި ފެހި ކުލައިގެ ކިޓްގައެވެ.


