ޘަޤާފީ ޙަފުލާއެއް ބާއްވައި، އެކްސިކޯގެ މޭޔަރަކު ކިނބުލަކާއި ކައިވެނި ކޮށްފިއެވެ. ކުޑަ އަންހެން ކިނބުލެއް ކަމަށް ބެލެވޭ މި އެއްޗަށް އޭނާ ކިޔަނީ "ލިޓްލް ޕްރިންސަސް" އެވެ. މިކަމަކީ އެމީހުންގެ ޤަބީލާއަށް ހެޔޮ ނަސީބު ލިބޭނެކަމެއް ކަމަށް އެމީހުން ޤަބޫލުކުރާ ކަމެކެވެ.
ވެޑިންގ ޑްރެސް އެއް ލައްވާފައިވާ މި ކުޑަ ކިނބޫ އެޤަބީލާގެ މީހުންނަށް ގާތުން ދައްކާލަން ގެންދިއުމުގެ ކުރިން އޭގެ ތުން ވަނީ ބަނދެފައެވެ.
އެލިގޭޓޯރިޑީ ޢާއިލާއަށް ނިސްބަތްވާ "ކެއިމަން" އަކާއި، ކައިވެނިކުރި މޭޔަރާއި އޭނާގެ އައު ބައިވެރިޔާ ވެސް އެކަމކު އަނެކަކު ދެކެ ލޯބިވާކަމަށް ރިޕޯޓުތައް ބުނެއެވެ. މި ކިނބުލަށް މޭޔަރު ދީފައިވާ ނަމަކީ އެލީސިއާ އެޑްރިއާނާ އެވެ.
ކެއިމަން އަކީ އެލިގޭޓަރ ޢާއިލާއަށް ނިސްބަތްވާ ކިނބުލުގެ ތެރެއިން ދެކުނު އެމެރިކާގެ މެދުތެރޭގެ ސަރަޙައްދުތަކާއި މެކްސިކޯގައި ދިރިއުޅޭ ބާވަތެކެވެ.

މޭޔަރާއި ކިނބުލުގެ ކައިވެނީގެ ޙަފުލާގެ ތެރެއިން
މި ކައިވެނީގެ ޙަފުލާ ބާއްވާފައި ވަނީ މެކްސިކޯގެ ހުޅަނގު ދެކުނުގެ އަވަށެއްގައެވެ. މޭޔަރު ވަނީ މި ކައިވެންޏަކީ ތަފާތު ދެ ޘަޤާފަތަކާއި، ދެ މުޖުތަމަޢެއްގެ ގުޅުމެއް ކަމަށް ބުނެފައެވެ. އަދި ދެބައިވެރިންގެ މެދުގައި ލޯބި އޮތުމަކީ މުހިއްމު ކަމެއް ކަމަށާއި، އޭނާ މި ޒިންމާ ނަގާފައި މިވަނީ އެ ކިނބޫދެކެ ލޯބިވާތީ ކަމަށްވެސް މޭޔަރު ވަނީ ރިޕޯޓަރުންގާތު ބުނެފައެވެ.
އެޤަބީލާގެ މީހުން ވަނީ މިޙަފުލާގައި އުފާ ފާޅުކޮށްފައެވެ.

