އަޅުގަނޑުމެންގެ ތެރޭގައި ވަރައްވެސް ގިނައިން ހިކި މީހުން އެބަތިއްބެވެ. އެމީހުން ބޭނުންވާ އެއްޗެއް ކެވިދާނެއެވެ. އެހެނަސް ބަރުދަން ދުވަހަކުވެސް އިތުރުނުވާނެއެވެ.
އަހަރެމެންގެ ހިކި ރަހުމަތްތެރިން ޓޭކްއަވޭއަށް އޯޑަރުދީ، ހަކުރު އެކުލެވޭ ބުއިންތައް ބުއިމާއި، ކޮންމެ ދުވަހަކު ވެސް މަސައްކަތުން ގެއަށް އަންނަގޮތައް ބޭނުން ބުއިމެއް ބޯން ފަސްނުޖެހޭ. އެހެން މީހުންނެކޭ އެއްފަދައިން! މި ބިމުގައި އެމީހުން ހިކިކޮށް ތިބެނީ ކިހިނަކުން ހެއްޔެވެ؟
މި ދެންނެވި ހިކި ރަހުމަތްތެރިން ބައެއް ފަހަރު މުޅި ދުވަހު ކެލޮރީސް މަދުން ބޭނުންކުރެއެވެ. މެންދުރުގެ ކެއުމަށް ޕިއްޒާ އެއް ކާލާ، ރޭގަނޑުގެ ކެއުން ދޫކޮށްލާނެ އެވެ. އެހެން ނަމަވެސް، ހަށިގަނޑަށް ކުޑަވެސް ބަދަލެއް އަންނަތަނެއް ނުފެނެއެވެ.
ހަގީގަތުގައި ހިކި މީހުން ހިކިވަނީ ކީއްވެކަމާ މެދު އެތައް ޚިޔާލުތަކެއް ހުރި ނަމަވެސް، އެކަމުގެ އަސްލު ޖަވާބު ދަންނަ މީހަކު މިކަމާދޭތެރޭ އެއްޗެއް ވިދާޅުވެއްޖެއެވެ.
ހިއުމަން ބަޔޮލޮޖީގެ ސައިންޓިސްޓެއް ކަމަށްވާ ޑރ ޒަކަރީ އިވަންސް މިކަމަށް ސާފު ޖަވާބެއް ދެއްވައި، ބަރުދަން އިތުރުވެ، ރައްކާތެރިކަމާއެކު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހައްލެއްވެސް ދެއްވިއެވެ.
ޑޮކްޓަރަކާއި ސައިންޓިސްޓެއްގެ ހައިސިއްޔަތުން ފެންނަނީ ހިކި މީހުންގެ ކެއުމުގެ އާދަތަކާ މެދު ވަރަށް ބޮޑަށް ދެބަސްވުންތަކެއް އުފެދޭ ތަން ކަމުގައި ޑރ.ޒަކަރީ ވަނީ ބުނެފައެވެ.
އަދި ގިނަ ދުވަހު ހިކި މީހުން އެމީހުން ސިއްހަތަށް ފައިދާހުރި ގޮތުގައި ކައިބޮއެ އުޅޭ ކަމަށް ނުވަތަ ވަރަށް އެކްޓިވްކޮށް އުޅޭ ތަން ފެންނަކަމަށްވެސް އޭނާ ބުންޏެވެ. އެހެން ނަމަވެސް ގިނަ ފަހަރަށް އެއީ އޮޅުވާލުމެއް ކަމަށާއި، ހިކި މީހުން ހިކީ މަދުން ކައިގެން ނޫންކަމަށް ޑރ.ޒަކަރީ ބުންޏެވެ. އެގޮތުން އޭނާ ފާހަގަ ކުރާގޮތުގައި ބަރުދަން އިތުރުވާ މީހުންގެ ބަރުދަން އިތުރުވަނީ މާގިނައިން ކެއުމުން ނޫނެވެ. ބަރުދަން އިތުރުވުމުގެ ފަހަތުގައި އެހެން ކަމެއް އެބައޮތް ކަމަށް އޭނާ ވަނީ ބުނެފައެވެ.
ހިކި މީހުންގެ ހަށިގަނޑުގައި މެޓަބޮލިޒަމް ރެގިއުލޭޓްކުރާ އެކްޓިވް އެންޒައިމެއް ހުންނައިރު ގިނަ ފަހަރަށް އެކްޓިވޭޓް ނުވެއެވެ. އެއީ އޭއެމްޕީކޭ (5′ އޭއެމްޕީ އެކްޓިވޭޓެޑް ޕްރޮޓީން ކިނޭޒް) ނަމަކަށް ކިޔާ ހަކަތައިގެ ސެންސަރެކެވެ. އެކްޓިވޭޓް ކޮށްފިނަމަ މި އެންޒައިމް މެޓަބޮލިޒަމް އުފައްދައި، އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށް، އިންފްލެމޭޝަން ދަށްކޮށް، މަސްތަކުގެ ޕާފޯމަންސް ރަނގަޅުކޮށްދެއެވެ.
އޭއެމްޕީކޭ އެކްޓިވޭޓް ކުރުމަށް އާންމުކޮށް ބޭނުންކުރާ 3 ގޮތް އެބަވެއެވެ.
ހައި އިންޓެންސިޓީ ކަސްރަތު
ހައި އިންޓެންސިޓީ ކަސްރަތު ތެރޭގައި ދުވުމާއި ސްޕީޑް ވޯކިން އާއި ސިޑިން އެރުމާއި ޖަމްޕިން ރޯޕް ފަދަ އެތައް ކަމެއް ހިމެނެ އެވެ. އަލަށް ތައާރަފުވާ މީހަކަށް ވިޔަސް، އަނިޔާއިން ސަލާމަތްވުމަށް ޓްރެއިނަރަކާ އެކު ކަސްރަތުކޮށް، ދަށް ސްޕީޑެއްގައި ފެށުން އަބަދުވެސް ރައްކާތެރި ވާނެ އެވެ.
އައިސް ބާތު
ފިނިމޫސުމުގެ ތެރެއަށް ނުކުތުމަކީ ދާދި ފަހުން އިތުރު ސަމާލުކަމެއް ލިބުނު ކަމެއް ކަމަށް ހީވަނީ ރައްކާތެރިކަމާއެކު އެކަން ކޮށްފިނަމަ ފައިދާ ކުރާނެތީ އެވެ. މެޓަބޮލިޒަމް ހަލުވިކޮށް ބަރުދަން ލުއިކުރުމަށްޓަކައި ކެއުން މަދުކުރަން ނުވަތަ ފިނި ފެނުގައި ފެންވަރަން ބޭނުން ނުވާ މީހަކަށް – ޕާސަނަލައިޒްޑް އިންޓަމިޓެންޓް ރޯދަ ހިފުމަކީ ކުރިއަށް ދާން އޮތް އިތުރު ގޮތެކެވެ.
ޑރ.ޒަކަރީގެ އިރުޝާދަށް ފަހު އޭނާ ބުނީ އިންޓަމިޓެންޓް ފެސިޓްންގް މެދުވެރިކޮށް އޭއެމްޕީކޭ އަކީ މެޓަބޮލިޒަމްގެ ބެލެނިވެރިއެއް އަދި ބަރުދަން ލުއިކުރުމުގެ އެކްސެލެރޭޓަރެއް ކަމަށެވެ.
އެއްމިންވަރެއްގެ ކާއެއްޗެހި ކައިގެން އަދިވެސް ބަރުދަން ލުއިވާނެކަމަށެވެ.





