މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތް ރޭގަނޑު 21:00 އާއި ހަމައަށް ދޭން ނިންމައިފިއެވެ.
މިކަން ހާމަކުރައްވާ އިމިގްރޭޝަންގެ ކޮންޓްރޯލަރ އަހުމަދު ހުސެއިން ހަނަފީ، ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާދަމާއިން ފެށިގެން އެ މުވަސަސާގެ ޚިދުމަތް ކުރިޔަށް ރޭގަނޑު 21:00 އަށް ދޭން ނިންމާފައިވާ ކަމަށެވެ.
އެގޮތުން މި ބަދަލުތަކަކީ ރައްޔިތުން އެދޭފަދަ ލުއިފަސޭހަ، އަދި އަވަސް ޚިދުމަތްތަކެއް ރައްޔިތުންނަށް ދިނުމަށް ގެނައި ބަދަލެއްކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
އަދި މާދަމާ 5 ޖުލައި އިން ފެށިގެން، ޕާސްޕޯޓު ޚިދުމަތް އެއްކޮށް ޑިޖިޓަލައިޒްކޮށް، ޕާސްޕޯޓު ޚިދުމަތްދޭ ވަގުތުވަނީ ރޭގަނޑު 9 އަކާއި ހަމައަށް އިތުރުކޮށްފައެވެ.
“ރައީސް @ޞާލިޙް އިސްވެ ހުންނަވައި، އަޅުގަނޑުމެން ކެނޑިނޭޅި މި ކުރާ މަސައްކަތަކީ، ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުން. އެގޮތުން 5 ޖުލައި 2023 ވަނަ ދުވަހުން ފެށިގެން ޕާސްޕޯޓު ޚިދުމަތް އެއްކޮށް ޑިގިޓަލައިޒްކޮށް، ޕާސްޕޯޓު ޚިދުމަތްދޭ ވަގުތު ރޭގަނޑު 9 އަކާއި ހަމައަށް އިތުރުކުރަން އަޅުގަނޑު ނިންމައިފިން. މި ބަދަލުތަކަކީ ރައްޔިތުން އެދޭފަދަ، ލުއި ފަސޭހަ އަދި އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް ގެނެވުނު މުހިންމު ބަދަލުތަކެއް
މީގެ ކުރިން އިމިގްރޭޝަންގެ ޚިދުމަތް ދެމުން ގޮސްފައިވަނީ ހެނދުނު 08:00 އިން މެންދުރުފަހު 14:00 އާއި ހަމައަށް ރަސްމީ ދުވަސްތަކުގައެވެ.
މީގެ އިތުރުން މިދިޔަ އަހަރުގެ ތެރޭ އަހަރަކު ހަމަސް ދުވަހު ބިޒްނަސް ވިސާ ދޫކުރެވޭ ގޮތަށް އިމިގްރޭޝަންއަިން ވަނީ ހަދާފައެވެ.

