ފްރާންސްގެ ޕީއެސްޖީ ގެ ކޯޗަކަށް ލުއިސް އެންރީކޭ ހަމަޖެއްސުމުގެ އެއްބަސްވުމަކަށް ދިއުމާ ގާތަށް ޖެހިލައިފި އެވެ.
ފްރާންސްގެ ޗެމްޕިއަނުން މިހާރުގެ ކޯޗު ކްރިސްޓޮފް ގަލްޓިއާގެ ބަދަލުގައި މި އަހަރުގެ ހޫނު މޫސުމުގެ ކުރީކޮޅު ޗެލްސީ އާއި ޓޮޓެންހަމްގެ ވަޒީފާތަކަށް ޝޯޓްލިސްޓްގައި ހިމެނުނު ސްޕެއިންގެ ފޯވާޑް ގެންނަން ނިންމައިފި އެވެ.
ގަތަރުގައި މިއަހަރު ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕުގެ ރައުންޑް އޮފް 16ގައި މޮރޮކޯ އަތުން ކަޓައިގެން ދިއުމުން މިދިޔަ ޑިސެމްބަރު މަހު ސްޕެއިން ދޫކޮށްލި ފަހުން ލުއިސް އެންރީކޭ ހުރީ މަސައްކަތާއި ދުރުގަ އެވެ.
އުމުރުން 53 އަހަރުގެ އެންރީކޭ އެންމެ ފަހުން ކްލަބެއްގެ ވަޒީފާ އަދާކުރީ ބާސެލޯނާގައި 2015 ވަނަ އަހަރު އަދި އެ އަހަރު އޭނާ ވަނީ 3 ތަށި ކާމިޔާބުކޮށްފައެވެ.
މިދިޔަ ސީޒަނުގައި ޕީއެސްޖީއަށް ލީގު އެކެއްގެ ތަށި ހޯދައިދިން އުމުރުން 56 އަހަރުގެ ގަލްޓިއާގެ ބަދަލުގައި ރޯމާ އާއި ސެލްޓަ ވީގާގެ ކުރީގެ ކޯޗު މިހާރު ފެންނަނީ ގަލްޓިއާގެ ބަދަލުގަ އެވެ.
ނަމަވެސް ވޯލްޑް ކަޕަށް ފަހު ޕީއެސްޖީގެ ފޯމް ދަށަށް ގޮސް ކުޅުނު 28 މެޗުން 10 މެޗުން ބަލިވެފައިވެއެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ބަޔާން މިއުނިކް އަތުން އެ ޓީމު ކަޓައިގެން ދިޔައިރު، ފްރެންޗް ކަޕްގައި ވާދަވެރި މާސޭ އަތުން ވެސް އެ ޓީމު ވަނީ ގަދަ 16 އިން ބަލިވެފަ އެވެ.
2022 ވަނަ އަހަރުގެ ޖުލައި މަހު ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވި ގަލްޓިއާގެ ކޮންޓްރެކްޓަށް ބާކީ އަދި 1 އަހަރު އެބައޮތެވެ.


