ވެސްޓްހަމް ޔުނައިޓެޑްގެ ކެޕްޓަން ޑެކްލަން ރައިސް އާސެނަލަށް ބަދަލުވުން ފައިނަލްވަމުން އަންނަކަން ރޮމާނޯ ކަށަވަރުކޮށްދީފިއެވެ.
ޑެކްލަން ރައިސް ވެސްޓްހަމް ދޫކޮށް އާސެނަލް އާއިއެކު އާ އެއްބަސްވުމެއްގައި ސޮއި ކުރަން ވަނީ މިހާރު ތައްޔާރުވެފައެވެ. މިއީ އާސެނަލް އިން މި ސީޒަންގައި އެޓީމް ވަރުގަދަ ކުރުމަށް ބޭނުންވި އެންމެ ބޮޑު ޓްރާންސްފާއެވެ.
މިއާއިއެކު، 100 މިލިއަން ޕައުންޑާއި 5 މިލިއަން ޕައުންޑް އެޑް އޮން އަކާއި އެއްކޮށް ތާރީހުގައި އާސެނަލަށް މިހާތަނަށް ސޮއިކުރި އެންމެ އަގުބޮޑު ކުޅުންތެރިޔާ އަށް ރައިސް ވަނީ ވެފައެވެ. މިއީ އިނގިރޭސި ކްލަބަކުން ކުޅުންތެރިއަކަށް 100 މިލިއަނަށް ވުރެ ގިނަ ޕައުންޑް ދިން ތިން ވަނަ ފަހަރެވެ.
ވެސްޓްހަމް ޔުނައިޓެޑްގެ ކެޕްޓަން ޑެކްލާން ރައިސް އާސެނަލްގެ މެޑިކަލް ހަދަން ހަމަޖެހިފައިވަނީ 105 މިލިއަން ޕައުންޑުގެ ޓްރާންސްފާ ގެނައުމުގެ ކުރިން ކަމަށް ޓޯކްސްޕޯޓް އިން ވަނީ ބުނެފަ އެވެ.
އާސެނަލުން 24 މަސް ދުވަހުގެ ތެރޭގައި ތިން އިންސްޓޯލްމަންޓަކަށް ބަހާލައިގެން ފައިސާ ދައްކަން ނިންމާފައިވާއިރު، ޗެލްސީން ކައި ހަވާޓްޒް 65 މިލިއަން ޕައުންޑު ހިފުމަށް ފަހު ރައިސް ވެފައިވަނީ ހޫނު މޫސުމުގައި އެ ކްލަބުން ސޮއިކުރި ދެވަނަ ކުޅުންތެރިޔާއަށެވެ.


