މި އަހަރު ހައްޖުގެ މަތިވެރި އަޅުކަން ކުރުމަށް ސައުދީ ޢަރަބިޔާއަށް ދިޔަ އިތުރު ދިވެހި ހައްޖުވެރިޔަކު ނިޔާވެއްޖެއެވެ.
ދިވެހި ޙައްޖު ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މިއަދު ނިޔާވެފައިވަނީ، ވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ހަވާލުގައި ހައްޖަށް ދިޔަ ހދ. ކެލާ، ސީސާންގެ، އަލީ ގާސިމް 81، އެވެ.
ގާސިމް ނިޔާވެފައިވަނީ މަދީނާ ހޮޓަލްގައި ހުއްޓާ މިއަދުގެ ހެނދުނުގެ ވަގިތެއްގައި ކަމަށް ހައްޖު މިޝަނުން ބުނެފައިވެއެވެ.
މިއީ މިއަހަރު ހައްޖަށް ދިޔަ ފަހުން ސައުދީ އަރަބިއްޔާގައި ނިޔާވި ދިވެހި ހަތަރުވަނަ ހައްޖުވެރިޔާ އެވެ. މީގެ ހަތަރު ދުވަސްކުރިން ހައްޖު ކޯޕަރޭޗަންގެ ހަވާލުގައި ހައްޖަށް ދިޔަ ނ. ހޮޅުދޫ ގާސިމް އިބްރާހިމް (70އ) ވެސް ވަނީ އޭނަ އުޅުނު ހޮޓަލުގައި ނިޔާވެފައެވެ.
ހައްޖުގެ އަޅުކަން އަދާކުރަން ރާއްޖެ އިން މިއަހަރު ސައުދީ އަރަބިއްޔާއަށް ދިޔަ ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާނީ މިމަހުގެ 07 ވަނަ ދުވަހުން ފެށިގެންނެވެ.

