ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ އައިލެންޑް ޑިވޮލޮޕްމެންޓް ސޮސައިޓީން ( ރިޑްސް ) އިން ރަށުން ބޭރު ޓީމްތަކަށް ހުޅުވާލައިގެން ވޮލީ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
ދެ ޖިންސް އަށް ހުޅުވާލައިގެން ރިޑްސް ދާއިރާ ރައީސް ކަޕް 2023 ނަމުގައި ބާއްވަން ހަމަ ޖެހިފައިވާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 10 ޖުލައިގައިއެވެ. މި މުބާރާތުގައި ރަތަފަންދޫގެ އިތުރުން ނަޑެއްލާ، ވާދޫ އަދި ފިޔޯރީ އިން ވަނީ ބައިވެރިވެފައެވެ.
މިއީ މިހާތަނަށް މިހާ ފުޅާދާއިރާއެއްގައި ރަށުން ބޭރު ޓީމު ތަކާއެކު ބޭއްވޭ ފުރަތަމަ މުބާރާތައްވުމުން ރަށު ކައުންސިލް އާއި ރަށުގެ ޒުވާނުންނާއި، މުވައްސަސާ ތަކުގެ އެއްބާރުލުމާއި އެހީތެރިކަމާ އެކު މުބާރާތުގެ ކަންކަން އެއްމެ ފުރިހަމައަށް ގެންގޮސްފައެވެ.
މިގޮތުން މިމުބާރާތައް ތައްޔާރުުުވުމުގެ ގޮތުން މިހާރުވަނީ ކުޅޭ ކޯޓް އަށް ކަރަންޓް ގުޅާ، ލައިޓް ޕޯސްޓް ހަރުކޮށްފައެވެ. އަދި ކުޅިބަލަން ތިބޭމީހުންނަށް ފަސޭހައިން ތިބެވޭނެ ގޮތަށް ފެންސު ވެސް ވަނީ ޖަހާފައެވެ.
ހުވަދޫ މީޑިއާ އިން ކަވަރުކުރާ މި މުބާރާތް ފެށުމަށް ހަމަ ޖެހިފައިވަނީ ޖުލައި 10 ވަނަދުވަހު ހަވީރު 16:30 ގައެވެ. މު މުބާރާތް ހުޅުވާ މެޗް ގައި ބައްދަަލުކުރާނީ ވާދޫ އަންހެން ވޮލީ ޓީމާއި ނަޑެއްލާ އަންހެން ވޮލީ ޓީމެވެ.


