އެމެރިކާގެ ޖޯރޖިއާގެ ވެރިރަށް ތުބުލީސްގައި ކުރިއަށް ގެންދިޔަ ޕްރައިޑް ފެސްޓިވަލެއް އެސިޓީގެ ޢާއްމުން ނުކުމެ ހުއްޓުވައިފިއެވެ. މި އެއްވުމާއި ދެކޮޅު ޢާއްމުން ވަނީ ފެސްޓިވަލްގެ ބައިވެރިން ގެންގުޅުނު ބޯޑުތަކާއި، ދިދަތައް ހަލާކު ކޮށްފައެވެ.
މިހަމަނުޖެހުން ހުއްޓުވުމަށް ފުލުހުންވެސް ޙަރަކާތްތެރި ވެފައިވާއިރު، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ވާކަމުގެ ރިޕޯޓެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.
މި ފެސްޓިވަލް ކުރިއަށްގެންދިޔަ ފަރާތްތަކުން ވަނީ އެކަން ހުއްޓުވި ޢާއްމުން ހުއްޓުވަން ފުލުހުން އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށް ބުނެ ނުރުހުން ފާޅުކޮށްފައެވެ.
މި ފެސްޓިވަލަށް ތައްޔާރުވަމުން ދިޔަ އިރުވެސް މިކަމާއި ދެކޮޅު ފަރާތްތަކުން އުނދަގޫތައް ކުރިމަތިވަމުން ދިޔަކަމަށާއި ފުލުހުން ވަނީ އެކަންކަން ތަޙްޤީޤު ކުރުމަށް އިންކާރު ކޮށްފައި ކަމަށް ފެސްޓިވަލްގެ ބައިވެރިން ބުނެއެވެ.
މި ޙާދިސާއާއި ބެހޭގޮތުން މަޢުލޫމާތު ކަށަވަރުކުރުމަށް ކުރި މަސައްކަތަށް ރަސްމީ އިދާރާތަކުން އެއްވެސް ޖަވާބެއް ލިބިފައި ނުވާކަމަށް ރޮއިޓާސްއިން ބުނެފައި ވެއެވެ.
އެއްޖިންސުން ގުޅުން ހިންގުމާއި، ޖިންސު ބަދަލުކުރުމުގެ ކަންކަން މިއީ ޢާއްމުންގެ މެދުގައި ޤަބޫލުކުރާ ޢާއްމު ކަމެއް ކަމަށް ހެދުމަށް މަސައްކަތްކުރާ މީހުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިހާރު ދަނީ ދުވަހެއް ދުވަހަކަށް ގިނަ ވަމުންނެވެ.

