ރާއްޖޭގެ ބައެއް ރަށްތަކަށް މިއަދު އުދަ އަރާފާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް)އިން ލަފާ ކުރައްވައިފިއެވެ.
މެޓް އޮފީހުން ވިދާޅުވީ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދަ އެރިޔަސް، މިއަދު ރާއްޖޭގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށާއި އަދި ކަނޑުތައް ވެސް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާ ކުރައްވާފައެވެ.
ނަމަވެސް މިއަދު ރާޅުގެ އުސްމިން 2-4 ފޫޓަށް އުފުލޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދެއްވައެވެ.
އަދި ހުޅަނގާއި ހުޅަނގު އުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ތިން މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، އެހެން ހިސާބުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަަމަށް ލަފާ ކޮށްފައިވެއެވެ.
އިއްޔެވެސް ވަނީ ރާއްޖޭގެ އެކި ރަށްތަކަށް އުދައިގެ އަސަރުކޮށްފައެވެ. ވެރިކަން ކުރާ މާލޭގެ އެކި އިސާބުތަކަށްވެސް އުދައިގެ އަސަރ ކޮންމެވެސް ވަރަކަށް ކޮށްފައި ހުރިކަން ފާހަގަކޮށްލަންޖެހެއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިންނާއި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ މިދުވަސް ކޮޅު ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނިއްޔާ ނުކުރަން އިލްތިމާސްކޮށްފައެވެ.

