ސިނަމާލެ ބްރިޖާއި ހުޅުލޭ ހައިވޭ ގުޅޭ ހިސާބުން ބްރިޖަށް އުދައަރާތީ ހައިވޭއިން ދަތުރުކުރާ އިރު ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
ސިނަމާލެ ބްރިޖާއި ހައިވޭ ގުޅޭ ހިސާބުން އެއާޕޯޓު ޓްރެފިކް ލައިޓް ކައިރިއަށް އުދަޔާއެކު ގަލާއި ވެލި އަރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިއަދު ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިންވެސް ވަނީ ލަފަކޮށް އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި މިއަދު ހަވީރު 6:00 އާ ހަމައަށް ކަނޑުގައި އުފެދޭ ރާޅު ބާނި ހުންނާނީ ދެ ފޫޓާއި ހަތަރު ފޫޓާ ދެމެދުގެ އުސްމިނެއްގައި ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މި ދުވަސްވަރަކީ އާދަޔާ ޚިލާފަށް ކަނޑުގަދަ އަދި ބިޔަ ރާޅުތައް ނަގާ ދުވަސް ވަރެއް ކަމުން ކަނޑު ދަތުރުފަތުރު ކުރާއިރު، އެކަމަށް ސަމާލުކަން ދީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫން ދަތުރުތައް ނުކުރުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެެ.

