އާޖެންޓީނާ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ރާއްޖެ އަތުވެއްޖެއެވެ.
މެސީ އާއިލާ އާއި އެކު މިވަގުތު ޗުއްޓީ ހޭދަކުރަމުން ދަނީ ވާލްޑޮފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓުގައެވެ.
އާޖެންޓީނާ ޓީމުގެ ކެޕްޓަން ވަނީ އެންމެ ފަހުން ބޭއްވި ފީފާ ވޯލްޑް އާޖެންޓީނާ އަށް ހޯދާދީފައެވެ.
ރެކޯޑު ހަތް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީއަކީ ދުނިޔޭގެ ތާރީހުގައިވެސް ފެނުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ. ކްލަބު ކެރިއަރުގެ އިތުރުން ގައުމީ ޓީމާއެކުވެސް އެތައް ކާމިޔާބީތަކެއް ހޯދާފައިވާ މެސީގެ ކްލަބު ކެރިއަރުގެ ބޮޑުބައެއް ހޭދަކުރީ ބާސެލޯނާގައެވެ. އޭގެ ފަހުން މިދިޔަ ދެ އަހަރު ޕީއެސްޖީއަށް ކުޅުމަށްފަހު މެސީ މިހާރު ވަނީ އެމެރިކާ ލީގުގެ އިންޓަ މިއާމީއަށް ދާން އެއްބަސްވެފައެވެ.
އިތާފުށި ރިސޯޓަކީ ރާއްޖޭގެ އެންމެ އަގުބޮޑު ރިސޯޓްތަކުގެ ތެރެއިން އެއް ރިސޯޓެވެ. އެރިސޯޓްގައި އެންމެ ދުވަހަކު މަޑުކޮށްލަން ވެސް 85000 ދިވެހި ރުފިޔާ ދައްކަން ޖެހެއެވެ

