ހުވަދު އަތޮޅުގެ ތިން އެތުލީޓުންނާއެކު ޖުމްލަ 15 އެތުލީޓުން ހިމަނައިގެން ގައުމީ އެތުލެޓިްސް ޓިމް އޭޝިއަން ޗެމްޕިއަންޝިޕަށް ފުރައިފިއެވެ. ޓީމްގައި 7 އަންހެން އެތުލީޓުން ހިމެނޭއިރު 8 ފިރިހެން އެތީޓުން ހިމެނެއެވެ.
ޓީމްގައި ހިމެނޭ ފިރިހިން އެތުލީޓުންނަށް ބަލާއިރު ހަސަން ސާއިދު، ހުސައިން ރިޒާ، އަހްމަދު ނަޖުދާން، ތިބްރާހިމް ނާހިލް ނިޒާރު، ހުސައިން ފަޒީލް ހާރޫންރަޝީދު އާދަމް ރިއްފަތު ގެ އިތުރުން ހަސަން ނުޖޫމް ހިމެނެ އެވެ.
އަދި އަންހެން އެތުލީޓުންގެ ގޮތުގައި ޓީމްގައި ހިމެނެނީ ހައްވާ މުޒްނާ، ޒިވާ މޫސާ، އަހްނާ ނިޒާރު، ފަސޫހާ އަހްމަދު،މަރިޔަމް އަލްހާ،އައިޝަތު ސަބާ ސަލީމް އަދި އާމިނަތު ލަޔާނާއެވެ.
ހުވަދޫގެ އެތުލީތުންގެ ތެރެއިން ނުޖޫމް ވަނީ އެންމެ ފަހުގެ އޭޝިއަން ޗެމްޕިއަންޝިޕްގައިވެސް ވާދަކުރުމުގެ އިތުރުން، އޭނާއަކީ އައިއޯއައިޖީ މެޑަލިސްޓްއެކެވެ. އެއާއެކު ނާހިލްއަކީ ލޯންގް ޖަމްޕް ނެޝަނަލް ރެކޯރޑް ހޯލްޑަރ ގެ އިތުރުން 100މީޓަރ ޔޫތު ރެކޯރޑް ހޯލްޑައެވެ. ނިމިދިޔަ އިސްލާމިކް ސޮލިޑަރިޓީ ގޭމްސް އާއި އޭޝިއަން ޔޫތް ގައިވެސް ނާހިލް ވަނީ ބައިވެރިވެފައެވެ. އަދި އަންނަ މަހު އޮންނަ ކޮމަންވެލްތު ގޭމްސްއަށް ވެސް ނާހިލްވަނީ ހޮވިފައެެވެ.
ލަޔާނާ އަކީ 4 ގުނަ 100 މީޓަރ ރިލޭގެ ނެޝަނަލް ރެކޯރޑް ހޯލްޑަރއެކެވެ. އޭގެ އިތުރުން އެންމެ ފަހުގެ ކޮމަނވެލްތު ގޭމްސްއާއި އިސްލާމިކް ސޮލިޑަރިޓީ ގޭމްސް ގައިވެސް ލަޔާނާ ވަނީ ބައިވެރިވެފައެވެ.
މިމަހު 12 އިން 16 އަށް ކުރިޔަށްދާ އޭޝިއަން ޔޫތު ޗެމްޕިއަންޝިޕް ކުރިޔަށްދާނީ ތައިލެންޑްގައެވެ. ޓީމްގެ ގިނަ އެތުލީޓުން މިހާރުވެސްދަނީ އިންޑިއާގެ ބެންގަލޫރުގައި ތަމްރީންތައް ހަދަމުންނެވެ.
ހުވަދު އަތޮޅަށް ނިސްބަތްވާ އެތުލީތުން އަބަަދުވެސް ގައުމީ އެތުލެޓިކްސް ޓީމްގައި ހިމެނޭކަން ފާހަގަ ކޮށްލަން ޖެހެއެވެ.

