އައްޑޫސިޓީ ހުޅުދޫ މޫދުން އުމުރުން ދުވަސްވީ އަންހެނަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
އޭނާ ނިޔާވެފައި އޮއްވާ ފެނިފައިވަނީ ހުޅުދޫގެ ކަނޑޫއެޅެ ބީޗް ސަރަހައްދުންނެވެ. ނިޔާވެފައި އޮއްވާ ފެނުނީ އުމުރުން 78 އަހަރުގެ އަންހެނެކެވެ.
އޭނާ ނިޔާވެފައި އޮއްވާ ފެނުމުން ހުޅުމީދޫ ސިއްޙީ މަރުކަޒަށް ވަނީ ގެންގޮސްފައެވެ. ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާ ކަމަށް ހުޅުމީދޫ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
ރާއްޖޭގެ މީޑިއާއެއްގައި ހާމަކޮށްފައިވާ ގޮތުން ނިޔާވި އަންހެން މީހާއަކީ އާންމުކޮށްވެސް މޫދަށް ގޮސް އުޅޭ މީހެކެވެ.
މި ހާދިސާއާއި ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

