ގުޖުރާތުގައި އަންހެނަކު ޓެސްޓު ހަދަންދެން އޭނާގެ 6 މަހުގެ ތުއްތު ދަރިފުޅު ބަލައިދިން އަންހެން ފުލުސް ކޮންސްޓަބަލް އަކަށް ގިނަ ބަޔަކު ތަޢުރީފުކުރަމުން އެބަދެއެވެ.
އަހްމަދުއާބާދު ފުލުހުންގެ ރަސްމީ ޓްވިޓަރ އެކައުންޓުން ޕޯސްޓްކޮށްފައިވާ ފޮޓޯތަކުން، އެ ފުލުސް، އަންހެން ކޮންސްޓަބަލް ދަޔާ ބެން އާއި ހަމަހުގެ އެ ތުއްތު ކުއްޖާ އުފާވެރި ވަގުތުތަކެއް އެކުގައި ހޭދަކުރާތަން ވަނީ ފެނިފައެވެ.
އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި އެ އަންހެން މީހާ ދިޔައީ ގުޖުރާތު ހައިކޯޓުގެ ޕިއޯނެއްގެ ވަޒީފާއަށް ވަނުމަށް ބޭނުންވާ ޓެސްޓެއް ހަދާށެވެ.
އެ ފޮޓޯތައް ޢާއްންމުކޮށްފައިވާ ޓްވީޓުގައި ލިޔެފައިވެއެވެ.
ގުޖުރާތު ހައިކޯޓުގެ ޕިއޯނެއްގެ މަޤާމަށް ކުރިމަތިލި އަންހެނަކު ޓެސްޓްހަދަން ޖެހޭ ވަގުތު ގާތްވަމުން ދިޔައިރުވެސް އޭނާގެ ތުއްތު ދަރިފުޅު ނުހުއްޓުވިގެން އުޅޭތީ، އެ އަންހެނާއަށް އެހީވެ ވަުގުތު ސަލާމަތް ކޮށްދިނުމަށްޓަކައި، އަހްމަދުއާބާދު ފުލުހުންގެ އަންހެން ކަނބަލަކު ވަނީ އެކުއްޖާ އުރާލާ ހުއްޓުވައިދީފައެވެ. އަދި އެކުއްޖާގެ މަންމަ ޓެސްޓް ހަދައި ނިމެންދެން ފުލުހުންގެ އެއަންހެނާ ވަނީ އެކުއްޖާ އާއިއެކު އުފާވެރި ވަގުތުތަކެއް ހޭދަކޮށްފައެވެ.
މިޓްވީޓަށް ރިޕްލައިކުރި ގިނަބަޔަކު ވަނީ އެފުލުހަށް ޝުކުރުއަދާކޮށް ތަޢުރީފު ކޮށްފައެވެ.

