ދުނިޔޭގެ މަޝްހޫރު ހޮސްޕިޓާލިޓީ އެންޑް ލައިފްސްޓައިލް ކުންފުންޏެއް ކަމަށްވާ މައިނަރ އިންޓަނޭޝަނަލް ޕަބްލިކް ކޮމްޕެނީ ލިމިޓެޑް އާއި އެ ކުންފުނީގެ ފައިނޭންޝަލް ޕާޓްނަރު އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް ("އޭޑީއެފްޑީ") އަށް އަމާރީ ހަވޮއްޑާ މޯލްޑިވްސް ކާމިޔާބުކަމާއެކު ވިއްކާލުމަށް ޖޭއެލްއެލް އިން ނިންމައިފިއެވެ.
މި މުއާމަލާތަކީ 2023 ވަނަ އަހަރަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ހޮޓެލެއް ވިއްކާ މުއާމަލާތަކަށް ވާއިރު، ޖޭއެލްއެލްގެ ހޮޓެލްސް އެންޑް ހޮސްޕިޓާލިޓީ ގްރޫޕުން ކްރިސްޓަލް ޕްލާޒާ ރިސޯޓްސް އަށް މިންޓް އަދި އޭޑީއެފްޑީ ކޮންސޯޓިއަމަށް ވިއްކުމަށް ލަފާ ދީފައިވެ އެވެ.
އަމަރީ ހަވޮއްޑާ ރިބްރޭންޑް ކޮށް އާނަމުގައި ހުޅުވަން ހަމަ ޖެހިފައިވަނީ އޮގަސްޓް 1 ގައެވެ. އަމާރީ ހަވޮއްޑާ މޯލްޑިވްސް އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކާޑެއްދޫ ޑޮމެސްޓިކް އެއާޕޯޓަށް 55 މިނެޓުގެ ފްލައިޓަކުން ދަތުރުކުރެވޭ ރަށެކެވެ. މި ރިސޯޓުގަ ގެސްޓުންނަށް 120 ވިލާގެ އިތުރުން ރާއްޖޭގެ އެންމެ ބޮޑު އެއް އިންފިނިޓީ ޕޫލް ހުރެއެވެ.މިއީ ފްރާންސްގެ ޑިޒައިނަރު އިޒަބެލް މިއާޖާގެ އާކިޓެކްޗަރަލް ޑިޒައިން އާއި އިންޓީރިއާއިން ފުރިހަމަ ކޮށްދޭ އިތުރުކަމެކެވެ.
"ރާއްޖޭގެ ހޮޓެލްތަކުގެ ޖާގައަށް އޮތް ދިގު މުއްދަތުގެ އިތުބާރު އަނެއްކާވެސް އިތުރުވެގެން ގޮސްފައި މިވަނީ މެކްރޮއިކޮނޮމިކް ހެޑްވިންޑްގެ ރޭޓްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައިއެވެ. ކާމިޔާބުކަމާ އެކު ނިމިފައިވާ މި ގްރައުންޑްބްރޭކިން ޓްރާންސެކްޝަންގެ ތެރެއިން، އޭޝިއާ ޕެސިފިކުން ފެށިގެން މެދުއިރުމައްޗަށް ކެޕިޓަލްގެ ފުޅާ ކްރޮސް ސެކްޝަނަކުން ދުނިޔޭގެ އެންމެ ހިތްގައިމު ހޮސްޕިޓާލިޓީ މާކެޓުގައި ފުރުސަތުތައް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަން ދައްކުވައިދޭ މި ހާއްސަ އެސެޓަށް އިންވެސްޓަރުންގެ ޝައުގުވެރިކަން އާދަޔާ ހިލާފެވެ.
2023 ވަނަ އަހަރުގެ ފުރަތަމަ ރާއްޖޭގެ ހޮޓެލް ޓްރާންސެކްޝަނަށް ލަފާދީ، އިންޑިއާ ކަނޑުގެ އިތުރުން އެނޫން ވެސް ސަރަހައްދުތަކުގައި އިންވެސްޓަރުންގެ އިންވެސްޓްމަންޓް އެޑްވައިޒަރީގެ ގޮތުގައި އަޅުގަނޑުމެންގެ ދަރަޖަ އިތުރަށް ހަރުދަނާވެގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ޖޭއެލްއެލް ހޮޓެލްސް އެންޑް ހޮސްޕިޓާލިޓީ ގްރޫޕްގެ އޭޝިއާ ޕެސިފިކްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ނިހާތު އެރްކާން ވިދާޅުވި އެވެ.
އަމާރީ ހަވޮއްޑާ އިންޓަގްރޭޓް ކުރުމަށް ހަމަޖެހިފައިވާ މައިނާާއިން މިހާރު ރާއްޖޭގައި ހަ ރިސޯޓް ހިންގައެވެ. މީގެ އިތުރުން ތައިލެންޑްގެ އެ ކުންފުނިން މި އެސެޓް ރީބްރޭންޑް ކުރާނީ ޔޫރަޕާއި އެމެރިކާގައި ވަރަށް ރަނގަޅަށް ގާއިމްކުރެވިފައިވާ ހޮސްޕިޓާލިޓީ ބްރޭންޑެއް ކަމަށްވާ އެންއެޗް ކަލެކްޝަން ހޮޓަލަކަށެވެ. ރީބްރޭންޑް ކުރާ އަމާރީ ހަވޮއްޑާ ވެގެންދާނީ އިންޑިއާ ކަނޑުގެ އިތުރުން އޭޝިއާގެ ފުރަތަމަ އެންއެޗް ކަލެކްޝަން ޕްރޮޕަޓީއަށެވެ.
ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 160 އަށް ވުރެ ގިނަ ރިސޯޓު ހިންގަމުން އަންނަ އިރު، 1،500 އަށް ވުރެ ގިނަ އެނދު އޮޕަރޭޓް ކުރާ 12 ހޮޓާ މިހާރު އޮޕަރޭޓް ކުރެ އެވެ. އެގޮތުން 2023 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރާ ދެމެދު ގާތްގަނޑަކަށް 1،450 އާ ކޮޓަރި ހުޅުވޭނެ ކަމަށް ލަފާކުރެވެނީ މައިގަނޑު ގޮތެއްގައި މިޑްސްކޭލް ސެގްމެންޓްގަ އެވެ. ލަގްޒަރީ ސެގްމަންޓުގައި ފާހަގަކޮށްލެވޭ އޯޕަނިންތަކުގެ ތެރޭގައި ސިކްސް ސެންސަސް ކަނުހުރާ، ކެޕެލާ މޯލްޑިވްސް އަދި ބުލްގާރީ ރިސޯޓް ރަންފުށި ހިމެނެ އެވެ.




