ރައީސް އިބްރާހިމް މުހައްމަދު ޞާލިހްއަށް އިތުރު ދައުރެއް ނެގި ދާނެ ހަމަ އެއްވެސް ގޮތެއް ނެތް ކަމަށާއި 55 ދުވަސްފަހުން އެއީ ހަމައެކަނި ފޮޓޯގަނޑެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައި މިވަނީ އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ޞާލިހް އެއްބުރުން އިންތިހާބު ކާމިޔާބު ކުރައްވާނޭ ކަމަށް އެމަނިކުފާނުގެ ސަޕޯޓަރުން ވިދާޅުވެފައި ވަނިކޮށެވެ.
މީގެ އިތުރުން ވައްޑެ ވިދާޅުވީ، އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުން ޕީޕީއެމް އިން ސާޅީސް ޕަސެންޓާ ގާތް ވަރަކަށް ވޯޓު ހޯދާނެ ކަމަށާއި އަދި ޑިމޮކްރެޓުން ތިރީހަށް ވުރެ ގިނަ ވޯޓު ހޯދާނެ ކަމަށެވެ.
“ގައިމުވެސް ޕީޕީއެމުން ސާޅީހަކަށް ޕަސެންޓާ ގާތަށް ވޯޓު ނަގާނެ. ޑިމޮކްރެޓުން ތިރީހަށްވުރެ ގިނަ ޕަސެންޓް ވޯޓު ނަގާނެ. ޖޭޕީވެސް އެމްއެންޕީވެސް ކޮންމެވެސް ވަރެއްގެ ވޯޓެއް ނަގާނެ. ރ.ސޯލިހަށް އިތުރު ދައުރެއް ނެގިދާނެ ހަމަ އެއްގޮތެއްވެސް ނެތް. 55 ދުވަސްފަހުން އެއީ ހަމައެކަނި ފޮޓޯގަނޑެއް”
ރިޔާސީ ިއންތިހާބަށް ވާދަކުރއްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ގިނަ ކެންޑިޑޭޓުން ތަކެއް މިހާރު ވަނީ އިންތިހާބުގެ ކެމްޕެއިން ފަށާފައެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހްއާއި ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް ރައިސް ޔާމީން، އެމްއެންޕީގެ ކެންޑިޑޭޓް ނާޒިމް އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ހިމެނެއެވެ.

