އެމެރިކާގެ އަލަސްކާ ޕެނިންސިއުލާ ސަރަޙައްދަށް 7.2 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫ.އެސް.ޖީ.އެސް.) އިން ބުނެފިއެވެ. ހޮނިހިރު ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި އައި މި ބިންހެލުމުގެ ސަބަބުން އެސަރަޙައްދުގެ ވަށައިގެންވާ ހިސާބުތަކަށް ސުނާމީ އެއް އަރާފާނެ ކަމުގެ އިންޒާރު ވެސް މިހާރު ވަނީ ދީފައެވެ.
މި ބިންހެލުން ފުރަތަމަ ރެކޯޑު ކުރެވިފައި ވަނީ 7.4 މެގްނެޓިއުޑްގެ ބާރު މިނުގައި 9.3 ކިލޯމީޓަރު އަޑިއަށެވެ. އެހެނަސް ޔޫ.އެސް.ޖީ.އެސް. އިން ވަނީ، ބިންހެލުން އައިސްފައިވަނީ، 7.2 މެގްނެޓިއުޑްގެ ބާރު މިނުގައި، 32.6 ކިލޯމީޓަރު އަޑިއަށް ކަން ފަހުން ކަށަވަރު ކޮށްފައެވެ.
ސުނާމީގެ އިންޒާރުދޭ އެމެރިކާގެ ސިސްޓަމުން ވަނީ، އަލަސްކާގެ ދެކުނުގައިވާ އަލަސްކާ ޕެނިންސިއުލާ އާއި އެތަނުގެ ވަށައިގެންވާ، ޕެސިފިކް ކަނޑުގެ ސަރަޙައްދުތަކަށް ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު ދީފައެވެ.

