އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެ، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފިރު މަނޫ މަހާވަރު އާ ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުމުގެ ތަފްސީލްއެއް އަދި އިސީއިން ދެއްވާފައެއް ނުވެއެވެ. ނަމަވެސް އީސީގެ ރައީސް ފުއާދު ވިދާޅުވި ގޮތުގައި އެ ދެބޭފުޅުން މަޝްވަރާކުރެއްވީ، ކުރިއަށްއޮތް ރިޔާސީ އިންތިހާ އޮބްޒާވް ކުރުމާއި ގުޅޭ ގޮތުންނެވެ.
އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށް އީސީއިންވަނީ ބުނެފައެވެ.
މީގެ އިތުރުން، އާ ތިން ގައުމަކާއި އެކު ޖުމުލަ އަށް ގައުމެއްގައި ރިޔާސީ އިންތިހާބަށް ވޯޓުފޮށި ބަހައްޓަންވަނީ ނިންމާފައެވެ.
އަދި އިއްޔެ ވަނީ ރިޔާސީ އިންތިހަބުގެ ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ ރާއްޖެ އިން ބޭރުގައި ދިރިއުޅޭ މީހުންނާއި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ މީހުންނަށް ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުސަތު އިއްޔެއިން ފެށިގެން އަންނަ މަހުގެ ފަހެއްގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާ ތަނުގެ މައުލޫމާތު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އަދި (VR space ID.No Send to 1414) އަށް އެސްއެމްއެސް ކޮށްގެން ޗެކް ކުރެވޭނެ އެވެ.

