ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ އާބާދީ ބޮޑު މި ކޮންޓިނެންޓަކީ ހޫނު މޫސުމުގެ ނުރައްކާތެރި އަސަރުތަކާއި ކުރިމަތިލާން ޖެހިފައިވާ ގައުމެކެވެ. އެގޮތުން މި ބައްރުގައި އާދަޔާ ޚިލާފަށް ހޫނު ގަދަ ވުމާއިއެކު، ރެކޯޑް މިންވަރަކަށް ވާރޭ ވެހި، އޭޝިއާގެ އެކި ހިސާބުތަކުގައި ފެންބޮޑުވެފައިވާއިރު، ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ލަފާކޮށް އެކަމަށް ސަމާލުވުމަށް އެ ގައުމުގެ ސަރުކާރުތަކުން އިންޒާރު ދީފިއެވެ.
މި މަހުގެ ތެރޭގައި ޖަޕާން، ޗައިނާ، ދެކުނު ކޮރެއާ އަދި އިންޑިއާގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި އެތައް މިލިއަން ބައެއްގެ ފުރާނަ ގެއްލި، ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމާއި އެކު ވަނީ ކަރަންޓު ކެނޑިފައި ކަމަށް ރިޕޯޓްތައް ބުނެއެވެ. ރެކޯޑް ފިނިހޫނުމިން އިތުރުވުމުގެ ސަބަބުން ފިންޏާއި ގުޅުންހުރި ބަލިތައް، ހާއްސަކޮށް އުމުރުން ދުވަސްވީ މީހުން ފަދަ ނާޒުކު މުޖުތަމައުތަކުގެ މެދުގައި ވެސް ވަނީ އިތުރުވެފަ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ދެކުނު ކޮރެއާގެ މެދުތެރޭގެ ސިޓީއެއް ކަމަށްވާ ޗިއޮންގްޖޫގައި ކޯރުގެ އައްސޭރިއަކުން ފެން ބޮޑުވެ، ޕަބްލިކް ބަހަކާއި އެކު ވެހިކަލްތައް ތާށިވެ 13 މީހަކު ވަނީ މަރުވެފަ އެވެ.
ދެކުނު ކޮރެއާގެ މެދުތެރެއާއި ދެކުނުގެ ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި ދުވަސްތަކުގައި 41 މީހުން މަރުވެ، އެތައް ހާސް ބަޔަކު ވަނީ ގެދޮރު ހުސްކޮށް ވަގުތީ ބޯހިޔާވަހިކަން ހޯދަން މަޖުބޫރުވެފައެވެ.
ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލް ވަނީ މޫސުން ގޯސްވުމާ ގުޅިގެން އެގައުމުން ގެންގުޅޭ ވިސްނުން ބަދަލުކުރުމަށް ގޮވާލައްވާފައެވެ.
“މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން، މޫސުމަށް އަންނަ ބަދަލުތައް އަޅުގަނޑުމެން ގަބޫލުކޮށް، އެކަމާ ކުރިމަތިލާން ޖެހޭ،” ޔޫން ހޯމަ ދުވަހު ވިދާޅުވި އެވެ.
އަވަށްޓެރި ޖަޕާނުގައި ހުޅަނގު ދެކުނުގައި ރެކޯޑް އަދަދަކަށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ ހަ މީހުން މަރުވެ، އެތައް ބަޔަކު އަދިވެސް ވަނީ ގެއްލިފަ އެވެ.
ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީގެ ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ބޯކޮށް ވާރޭ ވެހެމުން ދަނީ މީގެ ކުރިން ދުވަހަކުވެސް ނުކުރާ ފަދަ ވިއްސާރައެއް ކަމަށެވެ.
އެގޮތުން، މިއީ ފިލިޕީންސް އާއި ކެމްބޯޑިއާގެ ދެކުނުގެ ބައެއް ސަރަހައްދުތަކުން ފެންބޮޑުވުމުގެ ސަބަބުން ވެރިރަށް މެނީލާ އާއި ނޮމް ޕެން ފަދަ ބޮޑެތި ސިޓީތަކުގެ ދަތުރުފަތުރަށް ބުރޫ އަރާފައިވާ ސަރަހައްދުތަކަކުން ފެށިގެން އިންޑިއާގެ އުތުރުގެ ބައެއް ހިސާބުތަކަށް ރެކޯޑް އަދަދަކަށް ވާރޭ ވެހުމުގެ ސަބަބުން ގިނަ ސްޓޭޓްތަކެއް ހުއްޓުމަކަށް އައިސް އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާ މަންޒަރު ފެނިގެންދާ ކަމެއް ކަމަށްއޮފިޝަލުން ވިދާޅުވި އެވެ.
ވެރިރަށް ދިއްލީގައި މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހަކީ ފާއިތުވި 40 އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި އެންމެ އެންމެ ބޮޑަށް ވާރޭ ވެހުނު ދުވަސްތައް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ. އެގޮތުން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ސްކޫލްތައް ބަންދުކުރަން މަޖުބޫރުވެ އެތައް ބަޔަކު ވަނީ ބޯހިޔާވަހިކަމެއް ނެތި ހާލުގައި ޖެހިފަ އެވެ.
އޭޝިއާގެ ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވަމުން ދާއިރު، ބައެއް ހިސާބުތަކަށް ވަނީ ގަދަ ހޫނާއި ކުރިމަތިލާން ޖެހިފައެވެ.
އެގޮތުން މިދިޔަ ހޯމަ ދުވަހު ޗައިނާގެ އިރުއުތުރުގެ މޫސުމާ ބެހޭ ސްޓޭޝަނެއްގައި ރެކޯޑް އަދަދަކަށް ހޫނުމިން 52.2 ޑިގްރީ ސެލްސިއަސް (125 ފެރެންހައިޓް) އަށް އަރާފައިވާއިރު، ޖަޕާނުގެ ފިނިހޫނުމިން ވަނީ 39.7 ޑިގްރީ ސެލްސިއަސް (103 ފެރެންހައިޓް) އަށް މައްޗަށް ގޮސްފަ އެވެ.
މީގެ އިތުރުން ދުނިޔޭގައި އެންމެ ބޮޑަށް ތަޣައްޔަރުވާ އެއް ގައުމު ކަމަށްވާ ޗައިނާގައި މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި، އެ ގައުމުގެ އެހެން ހިސާބުތަކަށް ހާއްސަކޮށް ދެކުނުގެ ސަރަހައްދުތަކަށް ވަނީ ފެންބޮޑުވެފަ އެވެ.
އިންސާނުންގެ ސަބަބުން ދިމާވާ މޫސުމީ ކާރިސާތައް ހަލުވިވަމުން އަންނަ ވަރަކަށް މޫސުން ގޯސްވުމުގެ ހާދިސާތައް ހިނގަމުންދާ މިންވަރު އިތުރުވާނެ ކަމުގެ އިންޒާރު ސައިންސްވެރިން ދީފި އެވެ.
ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާއިން ކޮންމެ އަހަރަކު ނެރެފައިވާ ކްލައިމެޓް އަޕްޑޭޓްގައި ބުނެފައިވަނީ ދުނިޔޭގެ ފިނިހޫނުމިން އިންޑަސްޓްރިއަލް ކުރިން ހުރި މިންވަރަށްވުރެ މައްޗަށް ދާތީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ދުނިޔޭގެ މޫސުން ނާޒުކު މިންގަނޑަކަށް އަރައިގަތުމުގެ މަގުމަތީގައި ވާ ކަމަށެވެ.
4.4 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އޭޝިއާއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުގެ ނުރައްކާ ވަރަށް ބޮޑަށް އޮތް ގައުމަކަށް ވާއިރު، މޫސުން ގޯސްވުމުގެ ސަބަބުން ފެނުގެ ދަތިކަމާއި ދަނޑުވެރިކަން ހުއްޓި، އިގްތިސާދު މަޑުޖެހިދާ ފަހަރުވެސް ގިނައެވެ.

