އަންނަ އޮގްސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެމްޓީސީސީއިން ދެމުންދާ އެއާޕޯޓް ފެރީގެ ޚިދުމަތްތަކުގެ އަގުތައް ބޮޑު ކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ.
އެ ކުންފުނިން ނެރުނު އާންމު އިޢުލާންއެއްގައި ބުނެފައިވާ ގޮތުގައި އޯގަސްޓު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހެނދުނު 6:00 އިން މެންދަމު 12:00 އާ ދެމެދުގައި ނަގަމުން އައި 10 ރުފިޔާގެ ބަދަލުގައި ދެން ނަގާނީ 15 ރުފިޔާއެވެ.
އަދި ފަތިހު 5:30 އިން 6:00 އަށް ފެރީ ޓިކެޓު ކުރިން ވިއްކި އަގު މިހާރުވަނީ 20 ރުފިޔާއަށް ބޮޑުކޮށްފައިކަމަށްވެސް އެ ކުންފުނީގެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
އެއާޕޯޓް ފެރީގެ އަގުތައް ބޮޑުކޮށްފައި މިވަނީ، މި ސަރުކާރު ރާއްޖޭގެ ވެރިކަމާއި ހަވާލުވިފަހުން ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު ދަށް ކުރެވިފައިވާ ާކަަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެފައި ވަނިކޮށްކަން ފާހަގަކޮށްލަން ޖެހެއެވެ.
ރައީސް މިހެން ވިދާޅުވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ރައީސް ޞާލިހްއަށް އަމާޒުވެފައި ވާކަން ފާހަގަކޮށްލަންޖެހެއެވެ.

