އިދިކޮޅު 24 އަށްވުރެ ގިނަ ޕާޓީ ގުޅިގެން، އިންޑިއާގައި ވެރިކަންކުރާ ބަހާރަތިޔާ ޖަނަތާ ޕާޓީ (ބީ.ޖޭ.ޕީ.) އާއިދެކޮޅަށް ބޮޑު އިއްތިހާދެއް އުފައްދައި އެ އިއްތިހާދަށް “އިންޑިއާ” ގެ ނަން ދީފިއެވެ.
މިފަދަ ބޮޑު އިއްތިހާދެއް އުފައްދާފައި މިވަނީ އަންނަ އަހަރު އެޤައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޢާއްމު އިންތިޚާބުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީ.ޖޭ.ޕީ. އަށް އެކަށީގެންވާ ޖަވާބެއް ދިނުމުގެ އުއްމީދުގައެވެ.
ބީ.ޖޭ.ޕީ. އިން ދަނީ އިންޑިއާފަދަ ރިޕަބްލިކް ޤައުމެއްގެ ސިފަ ވެއްޔާއި މޮޑެމުންކަމަށް މި އިއްތިހާދުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އިންޑިއާގެ މުސްތަޤިއްލު ސިފަތައް ނެގެހެއްޓުމަށް އަޅުގަނޑުމެން ވަޢުދުވަން.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވެއެވެ.
ފުރަތަމަ ކަމެއްގެ ގޮތުން އެ އިއްތހާދުން ކުރާނެކަމަކީ ހުއްޓުމެއްނެތި ބޮޑުވަމުންދާ ތަކެތީގެ އަގުތަކަށް ޙައްލެއް ގެނައުމާއި، ވަޒީފާގެ ފުރުޞަތުތައް ފަހި ކުރުން ކަމަށްވެސް އެބަޔާނުގައި ބުނެފައި ވެއެވެ.
މި އިއްތިހާދަށް “އިންޑިއާ”ގެ ނަން ދިނުމަކީ ބީ.ޖޭ.ޕީ. ގެ ޤައުމިއްޔަތު ކުރިއަށް ނެރުމުގެ ސިޔާސަތަށް ގޮންޖަހާލުމަށް ކޮށްފައިވާ ކަމެއް ކަމަށް ތަޖުރިބާކާރުން ދެކެލައްވައެވެ.
މި އިއްތިހާދަށް ރައްދުދެމުން، ވެރިކަންކުރާ ބީ.ޖޭ.ޕީ. އިން ވަނީ މިއީ، ބައިނަލްއަގުވާމީ މުޖްތަމަޢްގައި އިންޑިއާގެ މަޝްހޫރުކަން ގެއްލުވާލާފައިވާ އިދިކޮޅުން، މި އިއްތިހާދު އުފެއްދުމުގެ މަޤްޞަދަކީ، އަދިވެސް އެފަރާތްތައް ދިރިތިބިކަން އަންގައި، އެފަރާތްތަކުގެ ޢާއިލާތައް ސަލާމަތް ކުރުމަށް ކުރަމުންދާ އަގުދަށް މަސައްކަތެއްގެ ގޮތުގައި ސިފަކޮށްފައެވެ.

