މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން 26.8 މިލިއަން ރުފިޔާ ފަގީރުންނަށް އިއްޔެ ބަހައިފިއެވެ.
އިސްލާޟިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި އަހަރު ފަގީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ އެކައުންޓްތަކަށް މކިހާރުވަނީ އެ ފައިސާ ޖަމާކޮށްފައެވެ. އެ ފަރާތްތަކަށް ޖުމުލައެކު، 26،799،500ރ. ބަހާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
އެއީ ފަގީރުންގެ ލިސްޓުގައި ހިމެނޭ 7،657 މީހުންގެ ބޮލަކަށް 3،500ރ. ގެ މަގުންނެވެ.
މި އަހަރުގެ މުދަލުގެ ޒަކާތުގެ ގޮތުގައި ޖުމުލަ ލިބަފައިވާ އަދަދު އިސްލާމިކް މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެއެވެ.
މިދިޔަ އަހަރުގެ މުދަލުގެ ޒަކާތުގެ ގޮތުގައި ލިބިފައިވާނީ 92 މިލިއަން ރުފިޔާއެވެ.

