ރާއްޖޭގެ އެންމެ ބޮޑު އެއް ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗްގައި ކުޑަ ކުއްޖެއްގެ ފުއްޕާމެއިން ކުޅޭ އެއްޗެއްގެ ބައެއް ނަގައިފިއެވެ.
އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރ މުހައްމަދު އަލީ ހާމަކޮށްފައިވާ ގޮތުގައި، އެ ހޮސްޕިޓަލުގެ ދަ ނޭޝަނަލް ސެންޓަރ ފޯ ރެސްޕިރެޓޮރީ މެޑިސިން ޓީމުން، ކުޑަ ކުއްޖެއްގެ ކަނާތު ފުއްޕާއިން ކުޅެން ގުންގުޅޭ ސޮފްޓް ޓޯއީއެއްގެ އަޑު ގޮވާ ތަންކޮޅެއް ވަނީ ނަގާފައެވެ.
https://twitter.com/Moxamedalu/status/1681871379040468992?s=20
"އެ ކުއްޖާ އުޅުނީ އޭތި ދެ ތުންފަތް ދޭތެރޭގައި ބާއްވައިގެން ފުމުމުން އަޑު ގޮވާތީ، ކޮއްކޮއަށް އެ މަންޒަރު ދައްކަން. އެހެން ނަމަވެސް އެ ކުއްޖާއަށް އޭތި ދިރުވާލެވުނީ". ޑރ. ވިދާޅުވިއެވެ.
މީގެ އިތުރުން މިފަދައިން އަގައަށް އަދި ދެ ތުންފަތް ދޭތެރެއަށް އެފަދަ އެއްޗެހި ލައިގެން އުލުމަކީ ވަރަށް ނުރައްކާތެރި ކަމެއްކަމަށާއި އެފދަަ ކަންކަމަށް ސަމާލުވަށް ޑރ. މުހައްމަދު އަލީ ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ޑޮކްޓަރު ވަނީ މިކަމުގައި ރޭޑިއޮލޮޖީ ޓީމާއި، އަދި މިކަމުގައި އިސްކޮށް މަސައްކަތް ކުރެއްވި ޑޮކްޓަރުންނާއި ނަރުހުންގެ މަސައްކަތް ފާހަގަކުރައްވާފައެވެ.

