ކުރީގެ ރައީސް އަދި ރައްޔިތުޔން މަޖިލީހުގެ ރައީސް، ރައީސް ނަޝިދު އިސްވެ ހުންނަވައި އުފެއްދެވި ސިޔާސީ ޕާޓީ ” ދަ ޑިމޮކްރެޓްސް”ގެ ރިޔާސީ ކެނޑިޑޭޓް ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީ މި މަހުގެ 28 ވާ ހުކުރު ދުވަހު ބާއްވަން ހަމަޖައްސައި އިއުލާންކޮށްފިއެވެ.
މިއާއިއެކު، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުވަނީ އެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެ އެކަން އިއުލާންކޮށްފައެވެ.
އެ ޕާޓީން ކުރި އިއުލާންގައިވަނީ އެ ޕާޓީގެ ޓިކެޓްގައި ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކުން، އެ ފަރާތެއްގެ ވަނަވަރާއި އައިޑީކާޑް ކޮޕީއާއިއެކު، އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 116:00 ގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުން ލިސްޓު ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ. އަދި އެ ލިސްޓްއަޢި ބެހޭ ގޮތުން އެއްވެސް ޝަކުވާއެއް ވާނަަމަ އަންނަ ހޮނިހިރު ދުވަހުގެ ކުރިން އެކަން އެ ޕާޓިއަށް އެންގުމަށްވެސް ޑިމޮކްރެޓްސްއިން އެދިފައިވެއެވެ.
އެމްޑީޕީ ދެބައިވެ، ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ އާ ޕާޓީއެއް އުފެއްދީ ވެސް ރިޔާސީ ޕްރައިމަރީއަށް ފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ އެކު އެވެ.
ނަ،މަވެސް، ޑިމޮކްރެޓްސްގެ ޕްރައިމަރީއަށް އެއްވެސް ޝައުގެއްނެތްކަމަށް ނަޝީދުވަނީ ވިދާޅުވެފައެވެ.

