އަންހެނުންތަކެއް ނުކުމެ، އިންޑިއާގެ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ މަނީޕޫރްގެ ރޭޕްކޭސްގައި އިސްކޮށް ޙަރަކާތެރިވި މީހާގެ ގޭގައި އަލިފާން ރޯކޮށްލައިފި ކަމަށް އެސްޓޭޓްގެ ފުލުހުން ބުނެފިއެވެ.
މަނީޕޯރުގެ ވެރިރަށް އިމްފާލްގައި ހުންނަ އެ ގެއަށް ގަލުންނާއި ދަނޑިބުރި ފަދަ ތަކެތިން ޙަމަލާދީ އަލިފާން ރޯކޮށް އެގޭގެ ބައެއް އަންދާލާފައި ވާކަމަށް އެސްޓޭޓްގެ ފުލުހުންގެ އޮފިޝަލުން ވިދާޅުވެއެވެ.
މިކަމާއި ގުޅިގެން، ހަމަނުޖެހުން އުފެދިދާނެ މިފަދަ ކަންކަމުން ދުރުވެތިބެ، އަމާންކަމާއިއެކު އިހްތިޖާޖު ކުރުމަށް އެސްޓޭޓްގެ އަންހެނުންނަށް ނަސޭޙަތްތެރި ވެވިފައި ވާކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. މިޙަމަލާ ދީފައިވަނީ އެސްޓޭޓްގެ އަންހެނުންގެ ޖަމިއްޔާއަކުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
މީގެ ދެމަހެއްހާ ދުވަސް ކުރިން ހިންގި މި އިހާނެތި، މުޑުދާރު ޢަމަލުން މުޅި އިންޑިއާ ރުޅިގަދަ ކޮށްލާފައި މިވަނީ، މިފަހުން އެޙާދިސާގެ ވީޑިއޯއެއް މީސްމީޑިއާގައި ޢާއްމުވުމުންނެވެ.
އެވީޑިއޯއިން ފެންނަގޮތުގައި މި މީހާ އާއި އިތުރު ފިރިހެނުންގެ ބޮޑު ގުރޫޕަކުން ވަނީ ކޫކީ ދަރިކޮޅަށް ނިސްބަތަވާ މި ދެ އަންހެނުން ގަދަކަމުން މަގުމައްޗަށް ނެރެ ބަރަހަނާކޮށް، މަގުތަކުގައި ގަންހިންގައި، އެމީހުން ރޭޕް ކޮށްފައެވެ.
މި ޙާދިސާއަށް ދެމަހާއި ބައި ވެގެން ދިޔަ ފަހުން، ފާއިތުވި ބުރާސްފަތި ދުވަހު ބޮޑުވަޒީރު މޯދީ އެކަން ކުށްވެރިކޮށް ވާހަކަދެއްކިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، މިކަމުގައި އިސްކޮށް ޙަރަކާތްތެރިވި މަނިޕޫރުގެ ރައްޔިތެއް ކަމަށްވާ މި ފިރިހެނާ މިހާރު ހައްޔަރު ކޮށްފައި ވާކަމަށް ޚަބަރުލިބެއެވެ.
މި ތުހުމަތުގައި މި ފިރިހެން މީހާގެ އިތުރުން، 3 މީހަކު ހައްޔަރުކޮށްފައި ވާއިރު، ފުލުހުން އަދިވެސް ދަނީ، އިތުރު 30 އެއްހާ މީހުން ހޯދަމުންނެވެ.
މި މީހުންގެ މައްޗަށް ފުލުހަށް ހުށަހެޅިފައިވާ މައްސަލައިގައި، 19 އަހަރާއި 21 އަހަރުގެ އެ ދެ އަންހެނުން ރޭޕްކޮށް ބަރަހަނާ ޙާލުގައި ގަންހިންގުމުގެ ކުރިން އެދަރިކޮޅުގެ މީހުންނަށް ނިސްބަތްވާ ބައެއް ގެތަށްވެސް އެމީހުން އަންދާފައި ވާކަމަށް ވެއެވެ.

