ޕީޕީއެމް ޕީއެންސީ ކޯލިޝަންއިން ރައީސް ޔާމީންއަށް ކޮށްފައިވާ ޖަލުހުކުމްއިން މިނިވަން ކުރުމަށް ގޮވާލާ ފެށި ސައިކަލްބުރު ހިނގާލުމަކަށް ބަދަލުކޮށްފިއެވެ.
މިއަދު ހަވީރު 16:00 ގައި ޕީޕީއެމް އޮފީސް ކުރިމަތިން ފެށި މި ސައިކަލް ބުރު، ފަހުން ހިނގާލުމަކަށް ބަދަލުކުރިއިރު، އެ ޕާޓީގެ އިސްކޮށް ލީޑަރޝިޕްގައި ހަރަކާތްތެރިވާ ފަރާތްތައްވަނީ ބައިވެރިވެފައެވެ.
އެގޮތުން ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް، ޕީއެންސީގެ ލީޑަރ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ފަދަ ބޭފުޅުން ފާހަގަކޮށްލެވެއެވެ.
ރާއްޖޭގެ މީޑިއާއަކުން ރިޕޯތްކޮށްފައިވާ ގޮތުގައި މި ހިނގާލުން މިހާރު މަޖީދީ މަގުގައި ކުރިއަށް ގެންދާއިރު، ހިނގާލުމުގެ ތެރެއިން ގިނަ ބޭފުޅުންތަކެއްވަނީ ހައްޔަރުކޮށްފައެވެ. މީހެ އިތުރުން ހިނގާލުމުގައި ބައިވެރިވާ ފަރާތްތަކުން ” ދިވެހިންގެ ރާއްޖެ” މިހެން ހަޖާފައިވާ ޓީޝާރޓް ލައިގެން ތިބިކަން ފާހަގަކޮށްލަންޖެހެއެވެ.
މީގެ އިތުރުން މީގެ ދެދުވަސް ކުރިން އިދިކޮޅު ކޯލިޝަން ޕީޕީއެމް އަދި ޕީއެންސީއިން ބޭއްވި ސުލްހަވެރި އިހުތިޖާޖް ހޫނުވެ އެ އެއްވުމުގެ ތެރެއިން ގިނަ އަދަދެއްގެ މަޖިލީސް މެންބަރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަން ފާހަގަކޮށްލަންޖެހެއެވެ.
އެގޮތުން އެދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަރާތްތަކުގެ ތެރޭގައި، ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް، ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް، މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު، މާލެ ސިޓީ ކައުންސިލަރ އިބްރާހިމް ޝުޖާއުގެ އަދި މާލެ ސިޓީ ކައުންސިލަރ އަދި ޕީޕީއެމްގެ ސެނެޓަރ، އަހުމަދު އައިފާން ހިމެނެއެވެ.
ނަމަވެސް ފަހުން މި ފަރާތްތައް ވަނީ ދޫކޮށްލާފައެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމްއިން އެމަނިކުފާން މިނިވަންކުރުމަށް ގޮވާލާ ޕީޕީއެމްއިން ދަނީ ސިލްސިލާކޮސް އެއްވުންތަކާއި ސައިކަލް ބުރުތައް ބާއްވަމުންނެވެ.

