މިރޭ ތިން ގަޑިއިރަށް ޖުމްހޫރީ މައިދާން ސަރަހައްދު ބަންދުވަނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ ހަރަކާތްތައް ރިހާސަލް ކުރުމަށް ޖޫމްހޫރީ މައިދާން ބަންދުކުރުމަށް ނިންމާފައިވަނީ މިރޭ 20:00 އިން 23:00 އާއި ހަމައަށް ކަމަށާއި އަދި އެ ގަޑީ އެ ސަރަހައްދު އާންމު ދަތުރުފަތުރަށްވެސް ބަންދުވާނެ ކަމަށް ފުލުހުން ވިދާޅުވެއެވެ.
މިނިވަން ދުވަހާއި ގުޅިގެން ކުރިއަށްގެންދާ އެކި ހަރަކާތްތައް މި މަހުގެ 26 އިން ފެށިގެން އަންނަ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. މިދުވަސް ތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދުވަހާއި ގުޅިގެން ހަރަކާތްތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަނަް ފާހަަަކޮށްލެވެއެވެ.
ޖުލައި 26 ވަނަ ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ސްކޫލް ކުދިންގެ އައިޓަމްތަކާއި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ބާއްވަން ނިންމާފައިވާއިރު، 27 ވަނަ ދުވަހުގެ ހަވީރު މާލޭގެ ބޮޑެތި މަގުތަކުގައި ޕެރޭޑުގެ އިތުރުން އެ ރޭ މަޖީދީ މަގާއި ސޯސަން މަގާއި މެދުޒިޔާރަތް މަގުގައި އަދި ހުޅުމާލޭގައި ފުޅަނދުބުރު ދުއްވުމަށް ވަނީ ނިންމާފައެވެ.
އަދި 28 ވަނަ ދުވަހުގެ ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ފުޅަނދު ބުރުތައް ދައްކާލުމުގެ އިތުރުން، އެރޭ ހަވާ އެރުވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

