މި ދިޔަ ހުކުރު ދުވަހުގެ ހުކުރު ޚުތުބާގައި ލިޔެފައިވައި ވަނީތަފްސީރު ފޮތްތަކުގައި ބަޔާންކޮށްފައިވާ ވާހަކަތަކެއް ކަމަށް ކަމަށް ވިދާޅުވެ، އިސްލާމިކް މިނިސްޓަރ އަހުމަދު ޒާހިރު އެ ވާހަކަތައް ދިފާޢު ކުރައްވައިފިއެވެެ.
ޢާޝޫރާ ދުވަހާއި ގުޅިގެން ކިޔާފައިވާ ވާހަކަތަކުގައި، ސައްހަނޫން ވާހަކަތަކެއް ހުރި ކަމަށް ވިދާޅުވެ، ދީނީ ބައެއް ޢިލްމުވެރިންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެގޮތުން މަޝްހޫރު ދީނީ ޢިލްމުވެރިޔާ، އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޝަހީމް ވިދަޅުވި ގޮތުގައި، ޢާޝޫރާ ދުވަހާއި ގުޅިގެން ސާބިތުވެފައިވަނީ ފިރުޢައުނުގެ ކިބައިން މޫސާގެފާނު ސަލާމަތްކުރެއްވި ދުވަހެވެ. އަދި އެހެން ނަބީބޭކަމުންނާއި ގުޅުވައިގެން ޚުޠުބާގައި އައިސްފައިވާ ވާހަކަ ތަކަކީ ސައްޙަ ވާހަކަތަކެއް ނުން ކަމަށްވެސް ޗަހީމް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެހެން ދީނީ އިލްމުވެރިންވެސް އެކަމާއި އެއްބަސްވެ ކަންބޮޑުވުން ފާލުކޮށްފައި ވެއެވެ. އެގޮތުން، އާދަމް ނިޝާންވެސް ވަނީ މިދިޔަ ހުކުރު ދުވަހުގައި ދެއްވި ޚުޠުބާގައި ސައްޙަ ނޫން ވާހަކަތަކެއް ހިމަނާފައިވާ ކަމަށްބުނެ ކަންބޮޑުވުން ފާޅުކޮށްފައެެވެ.
މި މައްސަލައާއި ގުޅިގެން އިސްލާމިކް މިނިސްޓަރ ވިދާޅުވެފައިވާ ގޮތުގައި، ޚުޠިބާ ލިޔުއްވާ ޢިލްމުވެރިން އެ ލިޔުއްވުމަށްފަހު ކުށެއް ފާހަގަވޭތޯ ބައްލަވައެވެ. އަދި އަބަދުވެސް ޚުޠުބާ ކިޔަނީ ދީނީ ޢިލްމުވެރިންގެ ކޮމިޓީތަކުން ފާސްކޮށްގެން ކަމަށްވެސް މިނސްޓަރ ވިދާޅުވިއެވެ.

