ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ މިއަދަށް ތާވަލްކުރި ޝަރީއަތުގެ އަޑުއެހުން މިއަދުވެސް ކެންސަލްކޮށްފިއެވެ.
ކްރިމިނަލް ކޯޓްއިން ބުނެފައިވާ ގޮތުގައި މިއަދު ހެނދުނަށް ތާވަލްކުރި އެ އަޑުއެހުން ކެންސަލް ކޮށްފައިވަނީ ސަން ކުންފުނީގެ ވަކީލުން އެހެން ކޯތްއެއްގައި އޮތް ޝަރީއަތަކަށް ދާން ޖެހުމުންނެވެ.
އިތުރު އެހެން މައްސަލައެއްގައި މިހާރުވެސް 11 އަހަރުގެ ޖަލު ހުކުމްއެއް ތަންފީޒު ކުރަމުން ދާއިރު، ފުއްގިރިގެ މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ އެ ރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރި ކަމަށް ބުނެއެވެ.
ކުރީގެ ރައީސް ޔާމީންގެ އިތުރުން، މި މައްސަލާގައި ސަން ކޮންސްޓްރަކްޗަން ކުންފުންޏާއި ސަން އިންވެސްޓްމެންޓްގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާވެސް ދައުލަތުން ކުރެއެވެ.
ޔާމީން މިހާރު ތަންފީޒު ކުރައްވަމުން ގެންދަވަނީ ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ސައުވާ ސާބިތުވެގެންނެވެ. މި މައްސަލާގެ ހުކުމް ބާތިލް ނުކުރާ ހިނދަކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމްނިކުފާނަށް ވަނީ ގެއްލިފައެވެ.

