ގދ އަތޮޅު ކައުންސިލްގެ މެއިން ސްޕޮންސަރ އެކު ނަޑެއްލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ" " NCSF2023 މިއަދު ފަށާނެއެވެ.
ގދ ނަޑެއްލާ ކައުންސިލުން ބޭއްވުމަށް ތައްޔާރު ވަމުންދާ "ނަޑެއްލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2023" NCSF2023 އާއި ގުޅޭ ގޮތުން ހުވަދޫ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ނަޑެއްލާ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ މި މަހު ފެށުމަށް ހަމަޖެހިފައިވާ "ނަޑެއްލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2023" އަކީ ފުޓްސަލް އާއި ވޮލީއަށް ޚާއްސަ ކުރެވިގެން ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށެވެ.
އެގޮތުން އަންހެން ޑިވިޝަން އާއި ފިރިހެން ޑިވިޝަން ވަކި، މުބާރާތެއްގެ ގޮތުގައި ރަށުގެ ޓީމުތައް ބައިވެރިވާ ގޮތަށް ފުޓްސަލް އާއި ވޮލީ ކުރިޔަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ނަޑެއްލާ ކައުންސިލުން ވިދާޅުވީ އެ ރަށުގައި ބާއްވާ މިފަދަ މުބާރާތް ތަކަށް ރަށުގެ އާބާދީ ގެ ނިސްބަތުން ވަރަށް ބޮޑު ތަރުތީބެއް ލިބެމުންދާ ކަމަށާއި އެގޮތުން މިފަހަރުވެސް ނަޑެއްލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2023 ގައި ދެ ޑިވިޝަނުން މަދުވެގެން 16 ޓީމު ބައިވެރިވަނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި ވަގުތާ ހަމައަށް ވޮލީ އަންހެން 3 ޓީމު، ފިރިހެން 3 ޓީމު އަދި ފުޓްސަލް ގައި ފިރިހެން 5 ޓީމު އަދި އަންހެން 3 ޓީމު ވަނީ ބައިވެރި ވެފައެވެ.
ކޮންމެ ޓީމަކަށް ވެސް ރަށުން ބޭރު 1 ކުޅުންތެރިންނަށް ކުޅެވޭ ގޮތަށް ހުޅުވާލާފައިވާ ނަޑެއްލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2023 ކުރިޔަށް ދާނީ ނަޑެއްލާ ފުޓުސަލް ގްރައުންޑް ގައެވެ. މިއީ ނަޑެއްލާ ގައި އަންހެނުން ފުޓްސަލް ކުޅޭ ފުރަތަމަ މުބާރާތް ކަން ފާހަގަ ކޮށްލެވެއެވެ.
ނަޑެއްލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާގެ މީޑިއާ ޕާރޓްނާރ އަކަށް ހުވަދޫ މީޑިއާ ހަމަޖައްސާފައިވާއިރު، މި މުބާރާތުގެ ލޯގޯއާއި އެހެނިހެން މަރކެޓިންގ ކޮންޓެންޓް ޑިޒައިން ކުރުމުގެ މަސައްކަތްތައް ރާޅު އާޓްސް އެންޑް ޑިޒައިން ވަނީ ހަމަޖައްސާފައެވެ. މި މުބާރާތަށް އެ ރަށުން ވަނީ ވަރަށް ބޮޑަށް ތައްޔާރު ވެފައެވެ.

