ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ފަރާތުން ސިލްސިލާކޮށް ކުރިއަށް ގެންދާ އެއްވުންތަކުގެ ތެރެއިން، މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދިޔަ ސުލްހަވެރި އިހުތިޖާޖްގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ، ފަސް ބޭފުޅަކު މިއަދުގެ އެކި ވަގުތުތަކުގައި ފުލުހަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފިއެވެ.
މި ގޮތުން ފުލުހަށް ހާޒިރުވުމަށް އަންގާފައިވާ ވަގުތުތަކަށް ބަލާއިރު:
- މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު- 10:00
- ޕީއެންސީގެ ނައިބު އަދި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް – 11:00
- ޕީޕީއެމްގެ ނައިރު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު- 12:00
- ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު: 16:00
އިދިކޮޅު ފަރާތްތަކުން ޖުމްހޫރީ މައިދާނަށް އެއްވެފައިވަނީ ރައިސް ޔާމީންއަށް ކޮކށްފައިވާ ޖަލު ހުކުމް އިން މިނިވަން ކުރުމަށް ގޮވާލާ ކުރިއށް ގެންދާ އެއްވުންތަކުގެ ތެރެއިންނެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އާދީއްތަ ދުވަހުން ފެށިގެން އޮގަސްޓް 7، ދުވަހުގެ މެންދުރުފަހުގެ ނިޔަލަށް ހުޅުވާލައިފަ އެވެ. ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު އެމަނިކުފާނަށް ވާދައެއް ނުކުރެވޭނެ އެވެ.

