ނަޑެއްލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2023″ ފިރިހެން ވޮލީ މެޗް އުދަގޫ ކުޅުމަކަށްފަހު އާޗާ ވާއު އާއި ވާދަކޮށް ގޭމް އޮން އިން މެޗު ކާމިޔާބުކޮށްފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗް 3 ސެޓު 2 ސެޓުން ކާމިޔާބުކުރީ ގޭމް އޮން ޓީމެވެ. މި މެޗްގެ ފުރަތަމަ ސެޓު ސެޓު ގޭމްއޮން އިން ގެންދިޔައީ 25 – 24 އިންނެވެ. އާޗާ ވާއު ޓީމުން ކުޅުން އިތުރަށް ވަރުގަދަކޮށް އަނެއް 2 ސެޓު ގެންދިޔައީ 25 – 18 އަދި 25 – 20 އިންނެވެ. ނަމަވެސް އާޗާ ވާއު އިން މެޗުގެ އޮއިވަރު ބަދަލުކޮށް ދެން ކުޅުނު ސެޓު 25 – 14 އިން ހޯދާ އެއްވަރުކޮށް، މޮޅުވާ ޓީމު ހޯދަން ކުޅޭ ފަހު ސެޓު 15 – 12 އިން ހޯދާ މެޗު ކާމިޔާބު ކުރިއެވެ.
މިމެޗުގެ ޕްލެޔާރ އޮފްދަމެޗް އަކަށް ހޮވިފައިވަނީ ގޭމް އޮންގެ ޖާރޒީ ނަންބަރު 6 އިސްމާޢީލް ރަޝީދު އެވެ.
"ނަޑެއްލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2023" އަކީ ފުޓްސަލް އާއި ވޮލީއަށް ޚާއްސަ ކުރެވިގެން އެރަށު ޒުވާނުންނަށް ކުރިޔަށް ގެންދާ މުބާރާތެކެވެ. އެގޮތުން އަންހެން ޑިވިޝަން އާއި ފިރިހެން ޑިވިޝަން ވަކި، މުބާރާތެއްގެ ގޮތުގައި ރަށުގެ ޓީމުތައް ބައިވެރިވާ ގޮތަށް ފުޓްސަލް އާއި ވޮލީ ކުރިޔަށް ގެންދާ ގޮތަށް ހަމަޖެހިފައިވެއެވެ.
ކޮންމެ ޓީމަކަށް ވެސް ރަށުން ބޭރު 1 ކުޅުންތެރިންނަށް ކުޅެވޭ ގޮތަށް ހުޅުވާލާފައިވާ ނަޑެއްލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2023 ކުރިޔަށް ދާނީ ނަޑެއްލާ ފުޓުސަލް ގްރައުންޑް ގައެވެ. މިއީ ނަޑެއްލާ ގައި އަންހެނުން ފުޓްސަލް ކުޅޭ ފުރަތަމަ މުބާރާތް ކަން ފާހަގަ ކޮށްލެވެއެވެ.
ނަޑެއްލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާގެ މީޑިއާ ޕާރޓްނާރ އަކަށް ހުވަދޫ މީޑިއާ ހަމަޖައްސާފައިވާއިރު، މި މުބާރާތުގެ ލޯގޯއާއި އެހެނިހެން މަރކެޓިންގ ކޮންޓެންޓް ޑިޒައިން ކުރުމުގެ މަސައްކަތްތައް ރާޅު އާޓްސް އެންޑް ޑިޒައިން ވަނީ ހަމަޖައްސާފައެވެ.


