ގއ. ކަނޑުހުޅުދޫ ހަދުވަރުދޭގެ އުމުރުން 13 އަހަރުގެ މުހައްމަދު މަފާޒު އެންމެ ފުރަތަމަ ލޮލަށް ދިމާވާ ބައްޔެއް ކަމަށްވާ ކެރެޓް ކޯނިއާ ބައްޔަަށް ޕޮޒިޓިވް ވެފައިވާކަން އެނގުނީ، މަފާޒްގެ ސްކިން މައްސަލައެއް ފާހަގަ ކުރެވިގެން ގދ. ތިނަދޫގައި ހުންނަ ޑރ. އަބަދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގޮސް ދެއްކުމުންނެވެ. އަދި އެހާ ހިސާބުން މަފާޒު އަށް ފަރުވާ ކުރުމަށް އޭނާގެ މައިންބަފައިން މަފާޒު ގޮވައިގެން މާލެ ބަދަލުވިއެވެ.
އުމުރުން 13 އަހަރުގެ މުހައްމަދު މަފާޒު ގެ ވާހަކަ ހިއްސާ ކުރަމުން އޭނާގެ ބައްޕަ މައުސޫމް ހަސަން ވިދާޅުވީ މާލެ އަށް ދިރިއުޅުން ބަދަލުވާން ޖެހުނު ސަބަބަކީ މަފާޒު އަަބަދު ޑޮކްޓަރަށްދައްކަން މާލޭގައި އަންނަން ޖެހުމާއިގުޅިގެން ކަމަށެވެ. ފުރަތަމަ ޑޮކްޓަރުން ބުނީ އެލާޖިކެއް ކަމަށާއި އެގޮތުން ބޭސް ދިނީ އެލާޖިކަކަށް ދޭ ބޭސްތަކެއް ކަމަށް މައުސޫމް ބުންޏެވެ.
މަފާޒަށް ނުވަ އަހަރު ވަންދެން ޖުމްލަ ލޮލުގެ 17 ސާޖަރީއެއް ހަދާފައިވާ ވާއިރު، ބައްޔަށް މާބޮޑު ކުރިއެރުމެއް ލިބިފައި ނުވެއެވެ. އަިދ ޑޮކްޓަރުން ވިދާޅުވަމުން ދިޔައީ ކުއްޖާއަށް ޖެހިފައިވާ ބައްޔަކީ ވަރަށް މަދުންފެނަ ބައްޔެއް ކަމަށެވެ. ލިބޭ މުސާރައިން މާލޭގެ ތަނެއް ކުއްޔަށް ހިފައިގެން އުޅުމުން ތަނުގެ ކުލި ދީފައިި ދަރިފުޅު ގޮވައިގެން ބޭރަށް ގޮސް ތިބުމުގައި ދަތި ތަކެއް ކުރުމަތިވާތީ ލޯނުވެސް ނާގަފައިވާ ކަމަށް މައުސޫމް ބުންޏެވެ. ނަމަވެސް ބޭނުންވަނީ ކޮންމެ ހާލެއްގައި އުޅެގެންވެސް ކުއްޖާ އަށް ރަނގަޅު ފަރުވާއެއް ލިބުން ކަމަށް މައުސޫމް ކިޔައިދިނެވެ.

މަފާޒުގެ ބައެއް ރިޕޯޓްތައް
މައުސޫމުގެ ތިން ދަރިން އެބަތިއްބެވެ. މާލޭގައި އުޅެނީ ކުއްޔަށް ތަނެއް ހިފައިގެންނެވެ. ހުރިހާ ހަރަދެއް ކޮށްފަ ދަރިފުޅު ގޮވައިގެން ބޭރަށްދާން ރައްކާކުރާނެ ފައިސާ އެއް އޭނާ އަތަކު ނުހުރެއެވެ. ނަމަވެސް ދަރިފުޅަށްޓަކާއި އެކުއްޖާގެ ލޮލުގެ ވޭނުން ސަލާމަތް ކުރުމަށް ބޭނުން ވެއެވެ. މައުސޫމަށް މިއަދު މަޖުބޫރުވަނީ މީހުންގެ އެހީތެރި ކަމާއި އެކުވެސް ފަރުވާއަށް ބޭނުންވާ އެހީތެރިކަމެވެ.
މަފާޒުގެ ހާލު ކިޔައި ދެމުން މައުސޫމް ބުނީ މަފާޒު ބޭނުންވަނީ އަނދިރީގައި އުޅެން ކަމަށެވެ. ލައިޓް ޖައްސާފައި ހުއްޓަސް އުނދަގޫވާ ކަމަށާއި އަބަދު އޮންނަނީ ބާލިސް ލޯމަތީގައި އަޅައިގެން ކަމަށެވެ.
މައުސޫމް ބުނީ މަފާޒުގެ ބައްޔަށް އާސަންދަ ލިބޭ ކަމަށާއި، ނަމަވެސް އިންޑިޔާ އަށް ދާ ކޮންމެ ފަހަރެއްގައި ވެސް ގިނަ ޑޮކޓަރުންނަށް ވެސް ދައްކަން ޖެހޭ ކަމަށެވެ. އެއީ ކުއްޖާގެ ބަލީގެ ހާލަތުން ކަމަށާއި، އެގޮތުން ހޯމޯންސް އަށާއި، އެތެރެހަށީގެ އިތުރުންވެސް ބައެއް ޑޮކްޓަރުން ނަށް ދެއްކަންވެސް ޖެހޭ ކަމަށެވެ.
އިންޑިޔާގައިި އެކަމަށް ހާއްސަ ހޮސްޕީޓަލު ތަކުންވެސް އެތައްފަހަރު ޑޮކްރަށް ދެއްކުނު ކަމަށާއި، އިންޑިޔާގެ އަގަރުވާލާ ހޮސްޕިޓަލާއި، އަރަވިންދު ހޮސްޕިޓަލަށާއި، ޓައިޓޭނިކް އަށްވެސް ދެއްކުނު ކަމަށެވެ. ނަމަވެސް އެ ހޮސްޕިޓަލުތަކުންވެސް އަންގާފައިވަނީ ދެން މަފާޒަށް ފަރުވާ އެއްދެވޭނީ އުމުރުން 20 އަހަރާއި 25 އަހަރާއި ދެމެދުގައި ކަމަށެވެ.

އެހެންނަމަވެސް މަފާޒުގެ ލޮލުން ފެން އައުމާއި ކުއްޖާގެ ލޮލަށް އަޅާ ވޭނަކީ 20 އަހަރު ފުރެންދެން ކެތްވާނެ ދުވަސްތަކެއް ނޫން ކަމަށް މައުސޫމް ބުންޏެވެ. ކުއްޖާ އަށް އަޅާވޭން އިހުސާސްވާ ކަމަށާއި، 20 އަހަރުފުރެންދެން އެއީ ވަރަށް ގިނަ ދުވަސް ކަމަށްވެސް މައުސޫމް ބުންޏެވެ. އަދި އެދުވަސްތަކަށްވެސް ވަކި ފަރުވާ އެއް ލިބޭނެ ކަމަށް ޑޮކްޓަރުން ލަފާދެއްވާފަ ނުވާ ކަމަށެވެ. މަފާޒަށް ބޭނުންވަނީ ވިހާވެސް އަވަސްފަރުވާ އެއް ކަމަށް މައުސޫމް ބުންޏެވެ.
މައުސޫމް ބުނީ ތައިލެންޑަށް މަފާޒު ގޮވައިގެން ދެވިއްޖެ ނަމަ ފަރުވާ އަވަސްވެ މިއަށްވުރެ ލިބޭ ވޭން ކުއްޖާ އަށް ކުޑަވެގެންދާނެ ކަމަށެވެ. އެގޮތުން މަފާޒު ގޮވައިގެން ދާން ގަސްތު ކޮށްފައިވަނީ ތައިލެންޑުގެ "ބުމުރުންގާޑް" ހޮސްޕިޓަލަށް ކަމަށެވެ. މައުސޫމް އިތުރަށް ބުނީ ބުމްރަންގްރާޑް’ގެ ކޯނިއާ ޓްރާންސްޕްލާންޓް ސެންޓަރަކީ ތައިލޭންޑްގައި އެބައްޔަށް ފުޅާ ދާއިރާއެއްގައި ފަރުވާ އާއި ހިދުމަތް ފޯރުކޮށްދޭ ފުރަތަމަ ޕްރައިވެޓް ހޮސްޕިޓަލު ކަމަށެވެ. އަދި އެ ސެންޓަރުގައި ކޯނިއަލް ޓްރާންސްޕްލާންޓްގެ އެޑްވާންސް ތަޖުރިބާ ލިބިފައިވާ ތަޖުރިބާކާރު ލޮލުގެ ޑޮކްޓަރުންގެ ޓީމެއް ހިމެނޭ ކަމަށާއި އެއީ އެބައްޔައްޔަށް ފަރުވާ ލިބޭނެ ކަން އެގިފައިވާ ހޮސްޕިޓަލެއް ކަމަށް ވެސް މައުސޫމް ބުންޏެވެ.
މަފާޒު އަށް ޖެހިފައިވާ ބަލީގެ ފަރުވާއަށް ތައިލެންޑުގެ ބުމަރަންގާޑު ހޮސްޕިޓަލުން ނަގާނެ ކަމަށް ލަފާ ކުރެވޭ އަދަދަކީ 33000 ޑޮލަރެވެ. އެއީ ދިވެހި ރުފިޔާއިން ފަސްލައްކަ ފަސްދޮޅަސް ހާސް ފައްސަތޭކަ ފަންސާސް ރުފިޔާއެވެ.
އަދި ތައިލެންޑް ފަދަ ދުރުގައުމަކަށް ދިއުމުގައި ބޮޑު ހަރަދެއް ހޭދަވާނެ ކަމަށާއި، އަދި ފަރުވާ އަށް ގޮސް ތިބުމުގައި ހޭދަވާނީ ކިތައް ދުވަސް ކަމެއް ނޭނގޭ ކަމަށެވެ. މައުސޫމް އެދެނީ މަފާޒަށް ލޮލުގެ އަލިކަމެއް ލިބޭނެ ގޮތެކެވެ. އެހެންކަމުން ތި އެންމެންގެ ދީލަތި އެހީތެރިކަމަށް މައުސޫމް މިއަދުވަނީ ބޭނުންވެފައެވެ.
ގުޅޭނެ ނަމްބަރު: 7798697 (މައުސޫމް ހަސަން)
އެކައުންޓް ނަމްބަރު: ބީއެމްއެލް ދިވެހި ( މައުސޫމް ހަސަން ) 7712216293101
އެކައުންޓް ނަމްބަރު: ބީއެމްއެލް ދިވެހި (މައުސޫމް ހަސަން )7730000435922
ހުވަދޫ މީޑިއާގެ ފަރާތުން އެދެނީ މަފާޒުއަށް މާތްﷲގެ ތަނަވަސް ރަޚުމަތާއެކު އަވަސް ޝިފާ މިންވަރުކޮށްދެއްވުން!

