ނަޑެއްލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2023 ގައި މިއަދު ކުޅެވުނު އަންހެން ވޮލީ މެޗް ބޯލްބެންގާސްއިން ކާމިޔާބުކޮށްފިއެވެ.
މިއަދު ކުޅެވުނު މެޗް 4 ސެޓު 1 ސެޓުން ކާމިޔާބުކުރީ ބޯލްބެންގާރސްއެވެ. މި މެޗްގެ ފުރަތަމަ ސެޓު ޕާރލްސް އިން 25 – 23 އިން ގެންގޮސްފައި ވަނިކޮށް ބޯލްބެންގާރސް ވަނީ އިތުރު ހިތްވަރާއިއެކު އަނެއް 3 ސެޓު ގެންގޮސް މެޗުގެ އޮއިވަރު ބަދަލުކޮށް މޮޅުވެފައެވެ.
މިމެޗުގެ ކުއީން އޮފްދަމެޗްއަކަށް ހޮވިފައިވަނީ ބޯލްބެންގާރސް ގެ ޖާރޒީ ނަންބަރު 3 ފާތިމަތު ރަފީޤާ އެވެ.
"ނަޑެއްލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2023" އަކީ ފުޓްސަލް އާއި ވޮލީއަށް ޚާއްސަ ކުރެވިގެން އެރަށު ޒުވާނުންނަށް ކުރިޔަށް ގެންދާ މުބާރާތެކެވެ. އެގޮތުން އަންހެން ޑިވިޝަން އާއި ފިރިހެން ޑިވިޝަން ވަކި، މުބާރާތެއްގެ ގޮތުގައި ރަށުގެ ޓީމުތައް ބައިވެރިވާ ގޮތަށް ފުޓްސަލް އާއި ވޮލީ ކުރިޔަށް ގެންދާ ގޮތަށް ހަމަޖެހިފައިވެއެވެ.
ނަޑެއްލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާގެ މީޑިއާ ޕާރޓްނާރ އަކަށް ހުވަދޫ މީޑިއާ ހަމަޖައްސާފައިވާއިރު، މި މުބާރާތުގެ ލޯގޯއާއި އެހެނިހެން މަރކެޓިންގ ކޮންޓެންޓް ޑިޒައިން ކުރުމުގެ މަސައްކަތްތައް ރާޅު އާޓްސް އެންޑް ޑިޒައިން ވަނީ ހަމަޖައްސާފައެވެ.



